Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިފްތިތާހުކުރުމަށް ސައުދީ ވަފުދެއް ރާއްޖެއަށް

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިފްތިތާހުކުރުމަށް ސައުދީ ވަފުދެއް ރާއްޖެއަށް

އާނާ ފަހީމް
383 ދުވަސް ކުރިން - 23 މެއި 2025 16:24
މައްކާ ރޫޓް އިނިޝިއޭޓުކުރުމަށް ތައްޔާރުވުމުގެ ތެރެއިން/ ފޮޓޯ: އިސްލާމީ ކަންތަކާބެހޭ ވުޒާރާ
މައްކާ ރޫޓް އިނިޝިއޭޓުކުރުމަށް ތައްޔާރުވުމުގެ ތެރެއިން/ ފޮޓޯ: އިސްލާމީ ކަންތަކާބެހޭ ވުޒާރާ
ޚުލާސާ

ހައްޖުވެރިންނަށް މައްކާ ރޫޓް އިފްތިތާހުކުރުމުގެ ޖަލްސާއަށް ސައުދީ އަރަބިއްޔާގެ މަތީ ފެންވަރުގެ ވަފުދެއް ރާއްޖެ އައުމަށް ހަމަޖެހިއްޖެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26ގަ.

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިފްތިތާހުކުރުމުގެ ތާރީޚީ ޖަލްސާއަށް ސައުދީ އަރަބިއްޔާއިން ވަޑައިގަންނަވާ ވަފުދު މިއަދު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ސައޫދީގެ ހައްޖު މިނިސްޓްރީ، ފޮރިން މިނިސްޓްރީ އަދި އިމިގްރޭޝަނުން މަތީފެންވަރުގެ 42 ބޭފުޅަކު ވަޑައިގަންނަވާނެއެވެ. މި ވަފުދުގެ އިސްކޮށް ވަޑައިގަންނަވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކްސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާއެވެ.

މި މަހުގެ 26 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާހުކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އެވެ.

Advertisement

Advertisement 1

ރަސްގެފާނު ސަލްމާންގެ ޚާއްޞަ އިރުޝާދުގެ ދަށުން ކުރިއަށްދާ މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވީ މިކަމުގައި ޤައުމުތަކަށް ކަނޑައަޅާފައި އޮންނަ ހުރިހާ ޝަރުތުތަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްޞަކަން ދެވިގެންނެވެ.

މައްކާ ރޫޓްގެ ދަށުން ދިވެހި ހައްޖުވެރިންނަށް ލިބިގެންދާނެ ފަސޭހަތަކުގެ ތެރޭގައި، ޖިއްދާ އެއަރޕޯޓުގައި އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނެގުމަށް މަޑުކުރަން ނުޖެހުން ހިމެނެއެވެ. މީގެ އިތުރުން، މަތިންދާބޯޓުން ފައިބާ ގޮތަށް ސީދާ ހޮޓަލަށް ދިއުމާއި، ލަގެޖް ވެސް ހޮޓަލުން ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.

ހައްޖު ކޯޕަރޭޝަންމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

38 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

44 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

50 ދުވަސް ކުރިން - 12:52

އެންވަޔަރަމަންޓް މިނިސްޓަރަކަށް އަލީ ޝަރީފް، އިސްލާމިކް މިނިސްޓަރަކަށް ޝަހީމް

އެންވަޔަރަމަންޓަށް އަލީ ޝަރީފް، އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް

57 ދުވަސް ކުރިން - 19:43

ކޮލެޖު ގަޑިތައް ތަރާވީހް ނަމާދާ ފުށުނާރާ ގޮތަށް ރޭވުމަށް އިސްލާމިކް މިނިސްޓަރު އިލްތިމާސްކުރައްވައިފި

ތަރާވީހާ ފުށުނާރާގޮތަށް ކޮލެޖުގެ ކަންކަން ރޭވުމަށް އިލްތިމާސްކުރައްވައިފި

93 ދުވަސް ކުރިން - 11:05

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

93 ދުވަސް ކުރިން - 14:29