Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހައްޖުވެރިންނަށް މިނިސްޓަރު ޝަހީމްގެ މުހިންމު ނަސޭހަތްތަކެއް!

ހައްޖުވެރިންނަށް މިނިސްޓަރު ޝަހީމްގެ މުހިންމު ނަސޭހަތްތަކެއް!

އަހްމަދު އީޒާން
472 ދުވަސް ކުރިން - 25 މެއި 2025 13:55
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ހައްޖުވެރިންގެ ކަންކަން ވީހާ ވެސް ފުރިހަމައަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމުގައި ވިޔަސް، އުއްމީދުނުކުރާ ގޮތަށް ދިމާވާ ކަންކަމުގައި ކެތްތެރިވާން އިލްތިމާސް ކުރެއްވި.

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ދިވެހި ހައްޖުވެރިންނަށް ހައްޖާއި ގުޅޭ މުހިންމު ނަސޭހަތްތަކެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ދެއްވައިފި އެވެ.

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް މައްކާއަށް ފުރާ މީހުންގެ ފުރަތަމަ ފްލައިޓުގެ ހައްޖުވެރިންނާއި ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ ހައްޖު ދަތުރަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ކުރާނެ އެންމެ މާތް, އެންމެ މުގައްދަސް ދަތުރު ކަމަށާއި ކައުބަތުﷲ ގެފުޅަށް ޒިޔާރަތްކުރުމުގެ ނިއުމަތަކީ މާތް ﷲ އިންސާނާއަށް ދެއްވާނެ އެންމެ މަތިވެރި އެއް ނިއުމަތް ކަމަށެވެ. މައްކާއަށް ގޮސް ކުރާ ހުރިހާ އަޅުކަމެއް ގަބޫލުކުރައްވާތޯ މާތްﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އިންސާނާގެ އަމަލުތައް ގަބޫލުކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވުމުން ކަމަށާއި އެއީ ކުރާ އަމަލަކީ ﷲއަށްޓަކައި އިހުލާސްތެރިކަމާއި އެކު ކުރާ އަމަލަކަށް ވުމާއި ކުރާ އަޅުކަމަކީ ރަސޫލާ ސައްލަﷲ އަލައިހި ވައްސަލަމްގެ ސުންނަތާއި އެއްގޮތްވާ ގޮތުގެ މަތީން ކުރާ އަޅުކަމަކަަށް ވުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

Advertisement

Advertisement 1

ޝަހީމް ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަމަކީ ކެތްތެރިކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ އަމަލެއް ކަމަށާއި ހައްޖުވެރިންގެ ކަންކަން ވީހާ ވެސް ފުރިހަމައަށް ގެންދިއުމަށް ކަމާ ބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރި ކަމުގައި ވިޔަސް، މިފަދަ ބޮޑު އޮޕަރޭޝަނެއްގައި އުއްމީދުނުކުރާ ފަދަ އެތައް ކަމެއް ހިނގާފާނެ ކަމަށެވެ.

އެފަދަ ހާލަތްތަކުގައި ވެސް ވީހާ ވެސް ބޮޑަށް ކެތްތެރިވުމަށް ޝަހީމް އިލްތިމާސްކުރެއްވި އެވެ. އަދި އެފަދަ ހާލަތްތަކުގައި ހައްޖުވެރިންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ހައްޖުވެރިން އެކަކު އަނެކަކަށް އަޅާލައި އެހީތެރިވުމަށާއި އެއް ކޮޓަރިއެއްގައި ނުދަންނަ މީހަކާ އެކީ ހުންނަން ޖެހުނު ކަމަށް ވިޔަސް, އެކުވެރިކަމާ އެކު އުޅުމަށާއި ބަލި ހާލަތުގައި އެއް ހާޖީއަކު އަނެއް ހާޖީއަކަށް އެހީތެރިވުމަކީ ވެސް ވަރަށް ބޮޑު އަޅުކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

ހައްޖަށް ގޮސް އުޅޭއިރު ވީހާ ވެސް ގިނައިން އަމިއްލަ ނަފުސަށާއި އާހިރަތަށާއި މައިބަފައިންނަށް އަދި މުޅި އުއްމަތަށް ހެޔޮ ދުއާ ކުރުމުގައި ދެމިތިބުމަށް ޝަހީމް ވަނީ ހައްޖުވެރިންނަށް ނަސޭހާތްތެރިވެވަޑައިގެންފަ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންހައްޖު ކޯޕަރޭޝަންމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

31 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

61 ދުވަސް ކުރިން - 21:23

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

70 ދުވަސް ކުރިން - 19:56

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

75 ދުވަސް ކުރިން - 20:02

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

98 ދުވަސް ކުރިން - 17:15

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

107 ދުވަސް ކުރިން - 21:40