Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައްޔިތުންނާ ގުޅޭ ކަންކަން ނިންމޭނީ ފަނޑިޔާރުންނަށް ކަމާމެދު ދިޔާނާ ސުވާލު އުފައްދަވައިފި

ރައްޔިތުންނާ ގުޅޭ ކަންކަން ނިންމޭނީ ފަނޑިޔާރުންނަށް ކަމާމެދު ދިޔާނާ ސުވާލު އުފައްދަވައިފި

އަައިޝަތު ޒީނާ
568 ދުވަސް ކުރިން - 18 ފެބްރުއަރީ 2025 01:13
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު. / ފޮޓޯ: އަވަސް
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު. / ފޮޓޯ: އަވަސް
ޚުލާސާ

ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށް ޤާނޫނު އަސާސީގައި މިހާރު އޮތް އޮތުން ލިޔުނީ ފަނޑިޔާރުން ކަމާމެދުވެސް ދިޔާނާ ވަނީ ސުވާލު އުފައްދަވާފައި.

ރައްޔިތުންނާ ގުޅޭ ކަންކަން ނިންމޭނީ ފަނޑިޔާރުންނަށް ކަމާމެދު ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ސުވާލު އުފައްދަވައިފިއެވެ.

ދިޔާނާ މިފަދައިން ސުވާލު އުފެއްދެވީ "ފަނޑިޔާރުގެ ސުވާލު: ރާއްޖޭގެ ދީނަކީ އިސްލާމްދީން ނޫން ކަމަށް މަޖިލީހުން ނިންމައިފިނަމަ އެމައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެތޯ؟" ކަމަށް ލިޔެ އޮންލައިން ނޫހަކުން ކޮށްފައިވާ ވީޑިއޯއަކަށް ރައްދު ދެއްވަމުންނެވެ.

އެކަމަށް ރައްދު ދެއްވާ ދިޔާނާ ވިދާޅުވީ ސުވާލުގެ ޖަވާބުގައިވެސް އޮތީ ސުވާލެއް ކަމަށެވެ.

Advertisement

Advertisement 1

"ތިޔަފަދަ ކަމެއް ނިންމަން އެންމެ ލާއިގު ބަޔަކީ ކޮބާތޯ؛ ޔައުނީ ފަނޑިޔާރުންތޯ ނުވަތަ ރައްޔިތުންގެ ވޯޓުން ހޮވާފައިތިބި ރައްޔިތުންގެ މަންދޫބުންތޯ؟" ދިޔާނާގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށް ޤާނޫނު އަސާސީގައި މިހާރު އޮތް އޮތުން ލިޔުނީ ފަނޑިޔާރުން ކަމާމެދުވެސް ދިޔާނާ ވަނީ ސުވާލު އުދައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް ފަށާފައިވަނީ އިއްޔެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވެފައިވަނީ އެއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިޚްތިޞާޞް އޮތް މައްސަލައެއް ނޫން ކަމަށެވެ.

ފާތިމަތު ހަލީމް ވިދާޅުވީ ޤާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކަކީ ޤާނޫނު އަސާސީގެ ބައެއް ކަމަށާއި، ޤާނޫނު އަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާއި އެއްގޮތަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށް ބެލޭނީ ޤާނޫނުއަސާސީ މާނަ ކުރުމާއި ގުޅޭ ގޮތުން ހުށަހަޅާ ދުސްތޫރީ މައްސަލަތައް އެކަނި ކަމަށެވެ.

ސުޕްރީމް ކޯޓުގައި ދައުލަތުން ދެއްކި އެ ވާހަކަތަކަށް ތާއީދު ކުރައްވާ މޭރުމަކުން ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އޭނާ ކުރެއްވި ޕޯސްޓުގައި ވެސް ވިދާޅުވީ ޤާނޫނު އަސާސީ ހަދައި، އެ އިސްލާހު ކުރުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

ސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 3 ކޮމެންޓް

0%
0%
0%
0%
0%

އަހްމަދު

568 ދުވަސް ކުރިން - 16:45

ދިޔާަނާއަށް ތާއީދެއް ނެތް.

ޒިޔާދު ޒަކަރިއްޔާ ހުސައިނު

568 ދުވަސް ކުރިން - 09:20

އިސްލާދީނުގެ ހަމަތަކާ އުސޫލަކީ މިނިވަން ޢަދޮލުވެރިކަމާއި އިންސާނުންގެކަރާމަތާއި އަބުރު ވެރިކަން ދެމެހެއްޓުން މެޖޮރިޓީ އަކީ ކޮބާކަން ތަހުހުޒީބަކީ ނުބާއާދަކާދަތައް ދޫކޮށް ސުލަޙަވެރިކަން ނެގެހެއްޓުން

ޒިޔާދު ޒަކަރިއްޔާ ހުސައިން

568 ދުވަސް ކުރިން - 09:13

ވަކިބޭނުމެއްޖުހުނީ ފަންޑިއާރުން ބޭނުންވަނީ މަޖލިހުން ނިންމާ ނިއްމުމަކީ ދިމަކުރަތީ އުސޫލު ދެހެއްޓުމުގެ މާތަބު އަދި ތަބުގެ ރެދު ނުލެއްވުން އެދެން

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

13 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

13 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

13 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

14 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

14 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

15 ދުވަސް ކުރިން - 07:43