ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސާ އަދި ބޮޑުވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް، ކޮސޯވާގެ ރައީސާއަށާއި ބޮޑުވަޒީރަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، ކޮސޯވޯގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ކޮސޯވޯގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. މި ދުވަހަކީ 2008 ވަނަ އަހަރު ކޮސޯވޯއިން ސަރބިއާއިން ވަކިވެ މިނިވަންވި ދުވަހެވެ.