Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރަށް މަޖިލީހުގެ އިއްތިފާޤުން ރުހުން ދެއްވައިފި

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރަށް މަޖިލީހުގެ އިއްތިފާޤުން ރުހުން ދެއްވައިފި

އުސްތާޛް މުޙައްމަދު ޢަލީ
560 ދުވަސް ކުރިން - 17 ފެބްރުއަރީ 2025 12:45
ފޮޓޯ: ރައީސް އޮފީސް.
ފޮޓޯ: ރައީސް އޮފީސް.
ޚުލާސާ

ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި، އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ ވަޒީރު ޠާރިޤަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ވިދާޅުވެ ތާއީދުކުރައްވާފަ.

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުން ފާސް ކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަތުރުވެރިކަމާބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ އެއްކުރައްވައި، އެ ވުޒާރާގެ ވަޒީރަކަށް ޠާރިޤް އިބްރާހީމް އައްޔަން ކުރެއްވީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އޭރު ވަޒީރު ޠާރިޤު ހުންނެވީ ތިމާވެށްޓާބެހޭ ވަޒީރުގެ މަޤާމުގައެވެ.

ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ވެސް ވަނީ ވަޒީރު ޠާރިޤަށް ރުހުން ދިނުމަށް ފެންނަކަމަށް ފާސްކޮށްފައެވެ. މަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކެވި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި، އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ ވަޒީރު ޠާރިޤަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ވިދާޅުވެ ތާއީދުކުރައްވާފައެވެ.

Advertisement

Advertisement 1

މި ބަދަލާ ގުޅިގެން:

- އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ

- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ

- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް

- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އރވް އޮފީސް

މި ތަންތަނަކީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ތަންތަނުގެ ގޮތުގައި ހަމަޖައްސަވާފައިވެއެވެ.

ޤާނޫނުގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްފަހު، އެ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ހުށަހަޅަންޖެހެއެވެ. ވަޒީރުންނަށް ޤާނޫނީ ބާރުވެރިކަން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރުރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

4 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

4 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

4 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

5 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

5 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

6 ދުވަސް ކުރިން - 07:43