ހުޅުލެ ފަޅުތެރެއަށް އެޅުނު ކަޅުތެޔޮ ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.
މި ހާދިސާއާ ގުޅޭ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 15:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް އަދި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޓީމުތަކުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި ކަޅުތެޔޮ އެޅިފައިވަނީ ހުޅުލެ އައިލެންޑް ހޮޓަލާ ދިމާލަށް ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.








