Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ތޫފާނީ ބާރަކީ އިޤްތިޞާދާއި ގުޅުމެއް އޮތް ކަމެއް ނޫން: ނައިބު ރައީސް

އާނާ ފަހީމް
635 ދުވަސް ކުރިން - 16 ފެބްރުއަރީ 2025 23:24
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް: ޑުބާއިގެ ސަމިޓުގައި އެމަނިކުފާނު ވިދާޅުވީ ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން.

ޚުލާސާ

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން ސަމިޓުގެ ތެރެއިން ބޭއްވުނު ފޯރަމްގައި ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށް.

ވޯލްޑް ގަވަމަންޓްސް ސަމިޓް 2025 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ސަމިޓުގެ އެކި ސެޝަންތަކުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ އަޑު އުފުއްލަވާލައްވާފައެވެ.

ސަމިޓުގެ ތެރެއިން ބޭއްވުނު މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވަނީ ރާއްޖޭގެ ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާއި ގުޅިފައި އޮތް ކަމަކަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫނެވެ. އަދި މޫސުމީ ކާރިޘާ ތަކަކީ ސިޔާސީ މަޝްވަރާ ތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފޯރަމްގައި ނައިބު ރައީސްގެ އަރިހުގައި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ހަރ އެކްސެލެންސީ އަމްނާ އަލް ދަހަކް އާއި ރިޕަބްލިކް އޮފް މަޑަގަސްކަރަގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ހިޒް އެކްސެލެންސީ މެކްސް އެންޑޯނިރީނާ ފޮންޓެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަފުދެއް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ސަމިޓުގެ ޕްލެނަރީ ސެޝަނާއި ގްލޯބަލް ގަވަރމަންޓް އެކްސެލެންސް އެވޯޑްގެ އިތުރުން، ދަ ގަވަމަންޓްސް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ މުހިންމު ތިން ދާއިރާއެއް ހިމެނޭ"

9 ދުވަސް ކުރިން - 11:22

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަހުނިޔާ ފޮނުއްވައިފި

10 ދުވަސް ކުރިން - 15:20

ގައުމީ ތަރައްގީގައި ޒުވާނުންގެ ދައުރު މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ

40 ދުވަސް ކުރިން - 11:26

ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

47 ދުވަސް ކުރިން - 19:24

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމަށް ގުޅުން ބަދަހިކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

48 ދުވަސް ކުރިން - 14:25

އަމިއްލަ މުސްތަގްބަލް ބައްޓަންކުރުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންޖެހޭނެ