Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަމިއްލަ ފަރާތްތަކުން ހިންގާ މަތީ ތަޢުލީމީ މަރުކަޒުތަކުގެ ފެންވަރު ކަށަވަރުކުރާނަން: މިނިސްޓަރ ހައިދަރު

އަމިއްލަ ފަރާތްތަކުން ހިންގާ މަތީ ތަޢުލީމީ މަރުކަޒުތަކުގެ ފެންވަރު ކަށަވަރުކުރާނަން: މިނިސްޓަރ ހައިދަރު

އައިޝަތު ރުވާ ރިފްޢަތު
520 ދުވަސް ކުރިން - 16 ފެބްރުއަރީ 2025 11:33
މިނިސްޓަރ ޑރ. އަލީ ހައިދަރު.
މިނިސްޓަރ ޑރ. އަލީ ހައިދަރު.
ޚުލާސާ

ގޮންޖެހުންތައް ހުއްޓަސް، ޕްރައިވެޓް ތަންތަނުން މަތީ ތަޢުލީމު ފޯރުކޮށްދެމުންދަނީ އަދި އެތަންތަނުގެ ކިޔަވައިދިނުމުގެ ފެންވަރު ހުރީ، ދިވެހިރާއްޖޭގައި ކަނޑައެޅިފައިވާ ކޮލިފިކޭޝަން އޮނިގަނޑަށް ފެތޭ ގޮތަށްކަން ކަށަވަރުކުރާނެ.

މަތީ ތަޢުލީމު ދިނުމަށް އަމިއްލަ ފަރާތްތަކުން ހިންގާ ތަންތަނުގައި ދޭ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރު ކުރާނެކަމުގެ ޔަގީންކަން، ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. އަލީ ހައިދަރު ދެއްވައިފިއެވެ.

މިނިސްޓަރ ހައިދަރު މިފަދައިން ވިދާޅުވި، "އަހާ" ފޯރަމްގައި ބައިވެރިވެ ވަޑައިގެން، އާންމު ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، އެމަނިކުފާނުގެ މިނިސްޓްރީގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމަކީ ފެންވަރު ރަނގަޅު، ރައްޔިތުންނަށް އިތުބާރުކުރެވޭ މިންގަނޑަކަށް ފެތޭ ތަޢުލީމެއްކަން ކަށަވަރުކުރުން ކަމަށެވެ.

"އެންމެ ބޮޑު އެއްކަމަކަށް އަޅުގަނޑުމެން މިނިސްޓްރީން ކުރާ ކަމަކީ، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދޭ ހުރިހާ އިންސްޓިޓިއުޓް ތަކެއްގައި ކިޔަވައިދިނުމުގެ ފެންވަރާއި، ސަރުކާރުން ކަނޑައަޅާ ކޮލިފިކޭޝަން ފްރޭމްވޯކުގެ ތެރެއިން ކަންކަން ފެތިގެން ކުރިއަށްދާކަން ބެލުން،" މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement 1

މިނިސްޓަރ އިތުރަށް ވިދާޅުވީ، މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރު ކުރުމަށް މިނިސްޓްރީން ކުރާ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އިދާރާތަކާއި މުއައްސަސާ ތަކުން މަތީ ތަޢުލީމު ފޯރުކޮށް ދެމުންދަނީ އަދި އެތަންތަނުގެ ކިޔަވައިދިނުމުގެ ފެންވަރު ހުރީ، ދިވެހިރާއްޖޭގައި ކަނޑައެޅިފައިވާ ކޮލިފިކޭޝަން އޮނިގަނޑަށް ފެތޭ ގޮތަށްކަން ކަށަވަރު ކުރުން ކަމަށެވެ. މިގޮތުން، ކޯހެއް ފެށުމުގެ ކުރިންނާއި ކޯހެއް ނިމުމަށްފަހު ވެސް އެ ކޯހެއްގައި ކިޔަވައިދިނުމާއި ކޯހުގެ އެހެނިހެން ކަންކަން ކޮލިފިކޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކުރިއަށް ދިޔަކަން ކަށަވަރު ކުރެއްވުމުގެ މަސައްކަތް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، އެ ގޮންޖެހުންތަކުން އަރައިގަނެ، ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ޔަގީންކަން ދެއްވާނެ ކަމަށެވެ. ޚާއްޞަކޮށް އަމިއްލަ ކޮލެޖުތަކާއި އިންސްޓިޓިއުޓް ތަކުގައި ކިޔަވައިދެނީ ކަނޑައަޅާފައި ހުރި މިންގަނޑުތަކަށް، ކޮލިފިކޭޝަން ފްރޭމްވޯކްގެ ތެރެއިންކަން ޔަޤީން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެންނަމަވެސް މިކަންތައް ޔަޤީންކުރުމުގައި އަޅުގަނޑުމެންނަށް އެބަހުރި ބައެއްކަހަލަ ގޮންޖެހުންތައް. އެހެންނަމަވެސް އެގޮންޖެހުންތަކުން އަރައިގަނެގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ވަރަށް ބޮޑަށް ރައްޔިތުންނަށް ޔަޤީންކަން އަރުވަން، ވަކިން ޚާއްޞަކޮށް އަމިއްލަ ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގައި ކިޔަވައިދެނީ ކަނޑައަޅާފައި ހުރި މިންގަނޑުތަކަށް، ކޮލިފިކޭޝަން ފްރޭމްވޯކްގެ ތެރެއިންކަން ޔަޤީންކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޯސްތަކުގެ ފެންވަރު ކަށަވަރުކުރުމުގައި ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، ރާއްޖޭގެ އަމިއްލަ ކޮލެޖުތަކާއި މަތީ ތަޢުލީމު ދޭ މުއައްސަސާތަކުން ފޯރުކޮށްދޭ ތަޢުލީމަކީ ރައްޔިތުން އިތުބާރުކުރާ، ބަލައިގަންނަ މިންގަނޑަކަށް ފެތޭ ތަޢުލީމެއްކަން ކަށަވަރު ކުރެއްވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އަލީ ހައިދަރުމިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީނަށް، 250 ސްކޮލާޝިޕް

112 ދުވަސް ކުރިން - 19:43

މި އަހަރުގެ ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

139 ދުވަސް ކުރިން - 14:03

ބޭނުން ކޮންމެ ދުވަހަކު ސްޓޫޑެންޓް ލޯނަށް އެދެވޭ ގޮތަށް ސަރުކާރުން ބަދަލު ގެނެސްފި

ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ޑެޑްލައިނެއް ނޯންނާނެ

139 ދުވަސް ކުރިން - 13:00

މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ،ރައްކާތެރިކަން ކަށަވަރުކުރާނަން:ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ،ރައްކާތެރިކަން ކަށަވަރުކުރާނަން:ހަޔާ-އެޑިއުކޭޝަން މިނިސްޓްރީ

142 ދުވަސް ކުރިން - 14:00

ބޭރުގައި ކިޔަވާ ކުދިންގެ ސްޓައިޕެންޑު މުރާޖައާ ކުރަނީ

ބޭރުގައި ކިޔަވާ ކުދިންގެ ސްޓައިޕެންޑު މުރާޖައާ ކުރަނީ

182 ދުވަސް ކުރިން - 11:22

މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަޝްވަރާކޮށްފި

މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަޝްވަރާކޮށްފި

366 ދުވަސް ކުރިން - 15:50