Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބޭރުގައި ކިޔަވާ ކުދިންގެ ސްޓައިޕެންޑު މުރާޖައާ ކުރަނީ

ބޭރުގައި ކިޔަވާ ކުދިންގެ ސްޓައިޕެންޑު މުރާޖައާ ކުރަނީ

މުހައްމަދު ޖަމްޝަތު
137 ދުވަސް ކުރިން - 20 ޖެނުއަރީ 2026 11:22
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު. އޭނާ ވިދާޅުވީ ބޭރުގައި ކިޔަވާ ކުދިންނަށް ދޭ އިނާޔަތްތައް އަލުން މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް--- ފޮޓޯ: ރައީސް އޮފީސް
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު. އޭނާ ވިދާޅުވީ ބޭރުގައި ކިޔަވާ ކުދިންނަށް ދޭ އިނާޔަތްތައް އަލުން މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބޭރުގައި ކިޔަވާ ކުދިންނަށް ދޭ ސްޓައިޕެންޑް މުރަޖައާ ނުކުރާތާ ހަތް އަހަރު ވެއްޖެ. ސަރުކާރުން ވަނީ ސްޓައިޕެންޑް މުރާޖައާ ކުރުމުގެ މަސައްކަތް ފަށާފައި

ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދެވޭ ސްޓައިޕެންޑް ނުވަތަ އިނާޔަތްތައް އަލުން މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ "ތަރުޖަމާނާ އެކު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ސަރުކާރުގެ އެކި ސްކީމުތަކުގެ ދަށުން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ވެސް ލިބޭ ކަމަށެވެ. އަދި ފައިސާ ޖަމާވުން ލަސްވަނީ ބައެއް ފަހަރު ދަރިވަރުންގެ މައުލޫމާތާއި ލިޔެކިޔުންތައް ކަށަވަރުކުރުމަށް ވަގުތު ބޭނުންވާތީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބޭނުންވާ ލިޔުންތައް ދުރާލާ ހުށަހެޅުމުން އެފަދަ ދަތިތައް ނުޖެހި އަވަހަށް ފައިސާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފައިސާ ނުލިބުމުގެ ޝަކުވާތައް ލިބުނު ނަމަވެސް މިދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިހާރު ދަރިވަރުންނަށް ފައިސާ ދޫކުރަން ޖެހޭ މުއްދަތުގައި ފައިސާ ދޫކުރެވޭ މިންވަރު %75 އަށް ވުރެ މަދުވާނެ ކަމަށެވެ. އަދި ފައިސާ ދޫކުރުމުގައި މާލިއްޔަތު ގަވާއިދަށް ފުރިހަމައަށް ބޯ ލަނބަންޖެހޭތީ، ހުރިހާ ލިޔެކިޔުމެއް ފުރިހަމަވުމަކީ މަޖުބޫރު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މިނިސްޓަރު ވިދާޅުވީ ފައިސާ ދޫކުރުމުގައި ބައެއް ފަހަރު ގައުމުތަކަށް ކަނޑައަޅާފައިވާ ސްޓައިޕެންޑުން ނުފުދޭ މައްސަލަވެސް ދިމާވާ ކަމަށެވެ. އެފަދަ މައްސަލަތައް ދިމާވަނީ، ވަކި ގައުމަކަށް ކަނޑައަޅާފައި ހުންނަ ސްޓައިޕެންޑް ރޭޓަށް އެހެން ގައުމެއްގައި ދަރިވަރު އުޅެން ޖެހުމުން ކަމަށް ވިދާޅުވި އެވެ. ސަރުކާރުން މިހާރު ސްޓައިޕެންޑް ރޭޓުތައް ކަނޑައަޅާފައިވަނީ ވަކި އަދަދުތަކަކަށް ކަމަށް ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން، ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ބަދަލެއް ގެނެސްފައިނުވާ ސްޓައިޕެންޑް ރޭޓުތައް މުރާޖައާކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށެވެ.

"ސްޓައިޕެންޑުގެ މައްސަލާގައި ސްޓައިޕެންޑުތައް މުރާޖައާ ކުރަން އެބަ ފަށަން. އެއީ ގާތްގަނޑަކަށް 7 އަހަރު ވެއްޖެ ކަންނޭނގެ އެއް ސްޓައިޕެންޑެއް ބޭނުންކުރާތާ. އެހެން ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް ކޮންމެ ގައުމެއްގައި ވެސް އަންނަނީ އިތުރުވަމުން،" ހައިދަރު ވިދާޅުވި އެވެ.

ސްޓައިޕެންޑު މުރާޖައާ ކުރުމުން އެ ގައުމެއްގައި ދިރިއުޅުމަށް އެކަށޭނަ އަދަދަކަށް ފައިސާ ދޫކުރެވޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)(ކުރީގެ މިނިސްޓަރު) ޑރ. އަލީ ހައިދަރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

52 ދުވަސް ކުރިން - 19:47

ހެޔޮ ބަދަލުތަކަކާއެކު ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި؛ މިހާރު ސުންގަޑިއެއް ނޯންނާނެ!

ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

65 ދުވަސް ކުރިން - 18:40

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީނަށް، 250 ސްކޮލާޝިޕް

66 ދުވަސް ކުރިން - 19:43

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް ބަދަލުކޮށްފި

67 ދުވަސް ކުރިން - 09:42

ހައި އެޗީވާސް ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ނިންމައިފި

ސްކޮލަޝިޕުގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސެއް

67 ދުވަސް ކުރިން - 22:29

މި އަހަރުގެ ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

93 ދުވަސް ކުރިން - 14:03