މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ،ރައްކާތެރިކަން ކަށަވަރުކުރާނަން:ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހައްވާ މިރުފާ | 2 ގަޑިއިރު ކުރިން - 1 މާރިޗް 2026 14:00
ހަޔާ އެޑިއުކޭޝަން މިނިސްޓާ ޑރ އަލީ ހައިދަރު އަހްމަދު--- ފޮޓޯ: ހުލާސާ
ހަޔާ އެޑިއުކޭޝަން މިނިސްޓާ ޑރ އަލީ ހައިދަރު އަހްމަދު--- ފޮޓޯ: ހުލާސާ
ޚުލާސާ

މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރުކުރާނެ، ދިވެހި ސަރުކާރުން އަންނަނީ މެދުކެނޑުމެއް ނެތި ކަމާއި ބެހޭ އިދާރާތަކާ މުއާމާލާތު ކުރަމުން،

މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ، ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ފޯރާފައިވާ ގައުމުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ދުޅަހެޔޮކަމާމެދު ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

އެ މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މެދުއިރުމަތީގެ ހާލަތު، ދިވެހި ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން، ކަމާބެހޭ އިދާރާތަކާއި، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، އެ ގައުމުތަކުގެ ތައުލީމީ މުއައްސަސާތަކާ މެދުނުކެނޑި މުއާމަލާތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަމައެހެންމެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ތައްޔާރަށް ތިބި ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

"އަޅުގަނޑުމެންގެ ދަރިވަރުންގެ ރައްކާތެރިކަމަކީ އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ ކަންތައް. މި ގޮންޖެހުން ބޮޑު ދަނޑިވަޅުގައި އެ ދަރިވަރުންގެ ހެޔޮ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް މި މިނިސްޓްރީން މިތިބީ ތައްޔާރަށް،" ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މެދުއިރުމަތީގެ މަޝްރަހު ގޯސްވަމުންދާއިރު، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އަންނަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ނުރައްކާތެރި ހާލަތްތަކުގައި ބޭރު ގައުމުތަކުގައި ތިބޭ ދިވެހި ކޮންމެ ރައްޔިތެއްގެ، ހާއްސަކޮށް ދަރިވަރުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%