Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަނޑިޔާރުންގެ އެންމެ ބޮޑު ޒިންމާއަކީ ދައުލަތުގެ މަޞްލަޙަތު ހިމާޔަތްކުރުން: އުއްތަމަ ފަނޑިޔާރު

ފަނޑިޔާރުންގެ އެންމެ ބޮޑު ޒިންމާއަކީ ދައުލަތުގެ މަޞްލަޙަތު ހިމާޔަތްކުރުން: އުއްތަމަ ފަނޑިޔާރު

އުސްތާޛް މުޙައްމަދު ޢަލީ
481 ދުވަސް ކުރިން - 15 ފެބްރުއަރީ 2025 16:03
އުއްތަމަފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނު.
އުއްތަމަފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނު.
ޚުލާސާ

ދިވެހި ދައުލަތުގެ މަޞްލަޙަތަކީ ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކަމަށާއި ކޯޓު ތެރޭގަ އާއި ކޯޓުން ބޭރުގައި އަޚްލާޤް ހިފެހެއްޓުމަށް ފަނޑިޔާރުންނަށް އުއްތަމަ ފަނޑިޔާރު ގޮވައިލެއްވި.

ފަނޑިޔާރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ދިވެހި ދައުލަތުގެ މަޞްލަޙަތު ހިމާޔަތްކުރުން ކަމަށް އުއްތަމަފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކަށް އަލަށް މެޖިސްޓްރޭޓުން އައްޔަނުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، އިޚްލާޞްތެރިވުމަކީ ފަނޑިޔާރުންނަށް ވެސް ވަރަށް މުހިންމު ސިފައެއް ކަމަށެވެ. އެގޮތުން އަމިއްލަ ނަފްސަށާއި، ދީނަށާއި، ޤައުމަށްވެސް އިޚްލާޞްތެރިކަން އިސްކުރައްވަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދައުލަތުގެ މަޞްލަޙަތު ހިމާޔަތްކުރެވޭނީ ޤާނޫނުގެ ވެރިކަން ދަމަހައްޓައިގެން ކަމަށް ވެސް އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ.

"ދިވެހި ދައުލަތުގެ މަޞްލަޙަތަކީ ދިވެހި ރައްޔިތުންގެ މަޞްލަޙަތު. ޤާނޫނުއަސާސީ އެބަ ބުނޭ ބާރުތައް ފެށެނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައޭ. ދިވެހި ދައުލަތުގެ މަޞްލަޙަތަކީ ވަކި މީހެއްގެ މަޞްލަޙަތެއް ނޫން،" އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

Advertisement

Advertisement 1

އުއްތަމަފަނޑިޔާރު ވަނީ ކޯޓުގެ ތެރޭގައި އަދި ކޯޓުން ބޭރުގައި ވެސް ފަނޑިޔާރުންގެ އަޚްލާޤު އިސްކުރެއްވުމަށް އެދިވަޑައިގެންފައެވެ. "ފަނޑިޔާރުކަން ކުރުމަކީ ބުރަ ކަމެއް. އެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ، ވިސްނަން ޖެހޭނެ. އަޅުގަނޑުމެން މި މަސައްކަތް ކުރުމުގައި ކޯޓު ތެރޭގައި އަދި ކޯޓުން ބޭރުގައި އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބަހައްޓަން ޖެހޭ ގޮތް ވަރަށް މުހިންމު،" އެމަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރު އިތުރަށް ވިދާޅުވީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް އަބަދު ވެސް ބިނާވަނީ ކޮންމެވެސް ޚުޞޫމާތެއްގެ މައްޗަށް ކަމަށާއި، އެންމެންގެ ހިތްހަމަޖެހޭ ގޮތަށް މައްސަލަ ނިންމޭނީ މަދު ފަހަރެއްގައި ކަމަށެވެ. ނަމަވެސް، ކޮންމެ ޙާލަތެއްގައި ވެސް ފަނޑިޔާރުން މަސައްކަތް ކުރަން ޖެހޭނީ ޤާނޫނާ އެއްގޮތަށް އަދުލުވެރިކަމާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާ ގަވާއިދަށް އިސްލާހެއް ގެނެސްފި

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާގޮތް އިސްލާހުކޮށްފި

49 ދުވަސް ކުރިން - 23:25

ފަނޑިޔާރު އަޒްފާ ވެސް ގާޒީކަމުގެ ނާޖާއިޒް ފައިދާ ނަގާ ކަމުގެ ތުހުމަތު

ފަނޑިޔާރު އަޒްފާ ގާޒީކަމުގެ ނާޖާއިޒް ފައިދާ ނަގަނީ

192 ދުވަސް ކުރިން - 19:07

ފަނޑިޔާރު ފައިސަލަށް މަނީ ލޯންޑަރިންގެ ތުހުމަތު

ފަނޑިޔާރު ފައިސަލަށް މަނީ ލޯންޑަރިންގެ ތުހުމަތު

199 ދުވަސް ކުރިން - 00:54

ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވައިފި

ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވައިފި

200 ދުވަސް ކުރިން - 15:32

އަނެއްކާވެސް ދެފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް

އަނެއްކާވެސް ދެފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް

388 ދުވަސް ކުރިން - 16:38

މަހާޒް އާއި އަޒްމިރާލްދާ މަޤާމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ވަކިކޮށްފި

393 ދުވަސް ކުރިން - 13:25