ފަނޑިޔާރު ފައިސަލަށް މަނީ ލޯންޑަރިންގެ ތުހުމަތު

ހުސައިން އިސްމާއިލް | 7 ދުވަސް ކުރިން - 23 ނޮވެންބަރު 2025 00:54
ނައިކޯޓުގެ ކުރީގެ ފަނޑިޔާރު މުޙައްމަދު ފައިޞަލް
ނައިކޯޓުގެ ކުރީގެ ފަނޑިޔާރު މުޙައްމަދު ފައިޞަލް
ޚުލާސާ

ފަނޑިޔާރު ފައިސަލްގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ތުހުމަތު ކޮށް އޭސީސީ އަށް ވަނީ މައްސަލަ ހުށަހަޅާފައި

މިއަދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވި މުޙައްމަދު ފައިސަލާއި ގުޅޭ ކޮފަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން އޮފް ދަ މޯލްޑިވްސް (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އެ މައްސަލައިގެ ތަފްޞީލެއް އޭސީސީން ހާމަ ނުކުރި ކަމުގައި ވިޔަސް، މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށް ފައިސާ ނަގައި ކޮރަޕްޝަނުގެ ކުށްތަކެއް ފައިޞަލް ހިންގާފައި ވާކަމުގެ ޝަކުވާ ތަކެއް ވެސް އޭސީސީ އަށް ހުށަހަޅަފައިވާކަން މި ނޫހަށް އެނގިފައި ވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިޞަލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އޭނާ އިސްތިއުފާ ދެއްވިއިރު ޖުޑީޝަލް ސާވިސް އިން ދަނީ އޭނާގެ މައްސަލަތަކެއް ބަލަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%