އަނެއްކާވެސް ސްނޯކްލިންގއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންގއަށް ގޮސްއުޅުނު ފިރިހެން ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް އަދި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ވެސް ސްނޯކްލިންގއަށް ދިޔަ ފަތުރުވެރިޔަކު ވަނީ ގެއްލިފައެވެ.









