މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މެޒޯ މޯޑު ނިޔާވެފައިވަނީ ޞިއްޙީ ޙާލަތު ގޯސްގެ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.
މެޒޯ މޯޑަކީ ދިވެހި ލަވަ އަށް އިންގިލާބެއް ގެނުވި ހުނަވެރި މީހެކެވެ. "މެޒޯ ބޭންޑް" އާ އެކު މިއުޒިކް ލެޖެންޑެއްގެ ދަރަޖަ އަށް އޭނާގެ ހުނަރުވެރިކަން އަރައިގެން ގޮސްފައިވާއިރު، އޭނާއަކީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައިވެސް ހަރަކާތްތެރިވަމުން އައި މީހެކެވެ.








