ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ގެންނަ އިންޤިލާބީ ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައިވާ "ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން ބަލައިގަނެ ކޮމެޓީ މަރުޙަލާއަށް ފޮނުވައިފިއެވެ.
މި ބިލަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅާ ވަރަށް ވަރުގަދަ ފިޔަވަޅެކެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި ބިލު މަޖިލީހުގެ 42 މެންބަރުންގެ ތާއީދާއެކު ވަނީ ބަލައިގަނެފައެވެ. މި ބިލާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާކަމީ، ގޭންގު ކުށްތަކާއި ދެކޮޅަށް މި ސަރުކާރުން އަޅާ ފިޔަވަޅުތަކަށް މަޖިލީހުގެ ފުރިހަމަ ތާއީދު އޮތްކަމުގެ ހެއްކެކެވެ.
މި ބިލުގައި ގޭންގު ކުށްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިިންގުމުގެ ކުށަށް 25 އަހަރާއި 10 މިލިއަން ރުފިޔާއާއި ހަމައަށް އަދަބު ކަނޑައެޅިފައި ވެއެވެ. އަދި ގޭންގަކުން ކުޑަކުދިން ރެކްރޫޓް ކުރާނަމަ ވެސް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައި ވެއެވެ.
މީގެ އިތުރުން، ގޭންގަކަށް ނިސްބަތްވާކަން ދެއްކުމުގެ ގޮތުން ނިޝާން ބޭނުންކުރުން މަނާ ކުރުމާއި، ގޭންގު ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ މުދާ ދައުލަތަށް ނެގުމުގެ ފުރުސަތު ދިނުން ފަދަ މުހިންމު ފިޔަވަޅުތަކެއް މި ބިލުގައި ހިމެނިފައި ވެއެވެ.
މި ބިލު ފާސްވުމުން، ގޭންގު ކުށްތަކާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ އެވެ. މިއީ "ޖަރީމާއާއި ދެކޮޅު"ސިޔާސަތުގެ މުހިންމު ބައެއް ކަމުގައި ފާހަގަ ކުރެވެއެވެ.
މި ބިލުގައިވާ އެންމެ މުހިންމު އެއް ކަމަކީ ގޭންގު ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މުދާ ދައުލަތަށް ނެގުމުގެ ފުރުސަތު ދިނުމެވެ.
މި ބިލު ފާސްވުމުން، ގޭންގު ކުށްތަކާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް މަޖިލިސް މެންބަރުން އިއްތިފާޤު ވެއެވެ. އެހެންނަމަވެސް









