Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބޮންޑެޑް ވެއާހައުސް އިން ސިނގިރޭޓު ނެރުނު ދެ ތަނެއްގެ ރަޖިސްޓްރީ ބާތިލުކޮށް ދައުވާކުރަނީ

ބޮންޑެޑް ވެއާހައުސް އިން ސިނގިރޭޓު ނެރުނު ދެ ތަނެއްގެ ރަޖިސްޓްރީ ބާތިލުކޮށް ދައުވާކުރަނީ

އަހްމަދު އީޒާން
485 ދުވަސް ކުރިން - 11 ފެބްރުއަރީ 2025 13:43
ކަސްޓަމްސް ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ކަސްޓަމްސް ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ހިމެނެނީ އެގްޒޯޓިކް އެންޓަޕްރައިޒަސް އާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސް ކަމަށް.

ދެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ ޢަދަދެއްގެ ސިނގިރޭޓަށް ވީނުވީއެއް ނޭނގުނު މައްސަލާގައި އެ ތަންތަނުން ކަސްޓަމްސްއަށް ދައްކަން ޖެހޭ 67 މިލިއަން ރުފިޔާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހަށް ކަސްޓަމްސް އިން ހުށަހަޅައިފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ހިމެނެނީ އެގްޒޯޓިކް އެންޓަޕްރައިޒަސް އާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސް ކަމަށެވެ.

އޭގެ ތެރެއިން ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ އެގްޒޯޓިކުން ބޮންޑެޑް ވެއާހައުސް، ކަސްޓަމްސް އިން ޗެކުކުރި އިރު އެތަނުގައި ހުންނަން ޖެހޭ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑުގެ 300 ކޭސް ސިނގިރޭޓު (ޖުމްލަ 575 ކޭސް ސިނގިރޭޓް) ޤަވާޢިދާ ޚިލާފަށް އެތަނުން ހުރީ ނެރެފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

Advertisement

Advertisement 1

ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ އެސްޖީއެމް ބޮންޑެޑް ވެއާހައުސް ޗެކްކުރި އިރު، އެތަނުގައި ހުންނަން ޖެހޭ އެމެރިކަން ލެޖެންޑް ބްރޭންޑުގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް ބްރޭންޑުގެ 130 ކޭސް ޕައިޕް ޓޮބޭކޯ ޤަވާޢިދާ ޚިލާފަށް އެތަނުން ނެރެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އަންނަނީ މި މައްސަލަ ފުލުހުންނާ ގުޅިގެން ތަޙުޤީޤުކުރަމުންނެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، އެ ދެ ބޮންޑެޑް ވެއާހައުސްގެ ރަޖިސްޓަރީ މިހާރު ވަނީ ބާތިލުކޮށްފައެވެ.

އެ ވެއާހައުސްގައި ހުރި މުދަލަށް އެގްޒޯޓިކް ކުންފުނިން ކަސްޓަމްސްއަށް ދައްކަން ޖެހޭ 47.2 މިލިއަން ރުފިޔާ އާއި އެސްޖީއެމް އިން ދައްކަން ޖެހޭ 20.7 މިލިއަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އެ ދެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ގޭގޭގައި ހަދާފައި ހުންނަ ބޮންޑެޑް ވެއާހައުސްތަކުގައި ދެ ތަޅު ހަރުކޮށްފައި ހުންނައިރު، އޭގެ ތެރެއިން އެއް ތަޅުދަނޑި އޮންނަނީ ކަސްޓަމްސްގައެވެ. އަދި އަނެއް ތަޅުދަނޑި އޮންނަނީ އެ ބޮންޑެޑް ވެއާހައުސްއަކަށް ޒިންމާވާން ޖެހޭ ފަރާތެއްގެ ހަވާލުގައެވެ. މި މައްސަލަ ފެންމަތިވުމުން ކަސްޓަމްސް އިން ވަނީ އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކޮށް ޤަވާޢިދަށް އިސްލާހު ގެނެސްފައެވެ.

ކަސްޓަމްސްސިނގިރޭޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

10 ދުވަސް ކުރިން - 17:38

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

10 ދުވަސް ކުރިން - 17:03

ގާނޫނާއި ހިލާފަށް އެތެރެކޮށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން އަތުލައިގަނެފި

ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން އަތުލައިގަނެފި

28 ދުވަސް ކުރިން - 12:12

މާލެ ސަރަހައްދުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

34 ދުވަސް ކުރިން - 21:29

3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

46 ދުވަސް ކުރިން - 12:25

މިދިޔަ މަހު ދަޅުމަހުގެ ގޮތުގައި ކަޅުބިލަމަހުން 51 މިލިއަން ރުފިޔާ ލިބިއްޖެ

ދަޅުމަހުގެ ގޮތުގައި ކަޅުބިލަމަހުން 51 މިލިއަން ރުފިޔާ

47 ދުވަސް ކުރިން - 14:08