Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބައިނަލްއަޤްވާމީ 3 ޖަމްޢިއްޔާއަކަށް ދާއިމީ މަންދޫބުން ކަނޑައެޅުމަށް މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފި

ބައިނަލްއަޤްވާމީ 3 ޖަމްޢިއްޔާއަކަށް ދާއިމީ މަންދޫބުން ކަނޑައެޅުމަށް މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފި

އާނާ ފަހީމް
520 ދުވަސް ކުރިން - 11 ފެބްރުއަރީ 2025 14:59
ޑރ. ސަލްމާ ރަޝީދު، މުޙައްމަދު ޙުސައިން ޝަރީފު އަދި ޑރ. އިރުތިޝާމް އާދަމް.
ޑރ. ސަލްމާ ރަޝީދު، މުޙައްމަދު ޙުސައިން ޝަރީފު އަދި ޑރ. އިރުތިޝާމް އާދަމް.
ޚުލާސާ

ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ އައިއެމްއޯ، އައިރީނާ އަދި ޑަބްލިއުޓީއޯގެ ދާއިމީ މަންދޫބުން ކަނޑައެޅުމަށް ރައީސް ފޮނުއްވައިފައިވާ ނަންފުޅުތައް ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި.

ބައިނަލްއަޤްވާމީ ތިން ޖަމްޢިއްޔާއަކަށް ދިވެހިރާއްޖެއިން ދާއިމީ މަންދޫބުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ތިން ޖަމްޢިއްޔާއަކީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)، އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ)، އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގައިވާ ގޮތުން، ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅާ މަންދޫބުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.

Advertisement

Advertisement 1

އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމްއެވެ. އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ހުށަހަޅުއްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ. އަދި ޑަބްލިއުޓީއޯއަށް ކަނޑައަޅާ މަންދޫބަކަށް ހުށަހަޅުއްވާފައިވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

އައިއެމްއޯއަކީ ކަނޑު ދަތުރުފަތުރާބެހޭ އދ.ގެ ޖަމްޢިއްޔާއެކެވެ. އައިރީނާއަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޖަމްޢިއްޔާއެކެވެ. އަދި ޑަބްލިއުޓީއޯއަކީ ޤައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ ކަންކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.

މި ނަންފުޅުތައް ދިރާސާކުރުމަށް ފޮނުވާފައިވާ ކޮމިޓީން އެ ނަންފުޅުތަކާމެދު ގޮތެއް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މަޖިލީހުގެ ރުހުން ލިބިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަށް އެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަންކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

1 ދުވަސް ކުރިން - 11:20

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

2 ދުވަސް ކުރިން - 13:08

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

2 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

2 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

3 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

3 ދުވަސް ކުރިން - 13:31