އޭސީސީގެ ނައިބު ރައީސްގެ މަޤާމަށް ޢަބްދުﷲ ނާޝިދުގެ ނަން ރައީސް ހުށަހަޅުއްވައިފި

އާނާ ފަހީމް | 251 ދުވަސް ކުރިން - 11 ފެބްރުއަރީ 2025 13:29
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ޢަބްދުﷲ ނާޝިދު. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ޢަބްދުﷲ ނާޝިދު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އޭސީސީގެ ނައިބު ރައީސްގެ މަޤާމަށް ކުރިން ހުށަހެޅުއްވި ނަން ބަދަލުކުރައްވައި، އެ މަޤާމަށް ޢަބްދުﷲ ނާޝިދު އައްޔަން ކުރެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަޤާމަށް ޢަބްދުﷲ ނާޝިދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު އޭސީސީގެ ނައިބު ރައީސްގެ މަޤާމަށް އަޙްމަދު ނާޝިދުގެ ނަން ރައީސް ހުށަހެޅުއްވި ނަމަވެސް، އިއްޔެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އެ ނަންފުޅު ބަދަލުކުރައްވަން ނިންމެވި ކަމަށް ވިދާޅުވެފައިވެއެވެ. މިގޮތުން، އަޙްމަދު ނާޝިދުގެ ބަދަލުގައި ޢަބްދުﷲ ނާޝިދު އައްޔަން ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ.

މިދިޔަ އަހަރު އޭސީސީގެ ޤާނޫނަށް ގެނެވުނު އިޞްލާޙާ އެއްގޮތަށް، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް މި ދެ މަޤާމަށް ބޭފުޅުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.

ޢަބްދުﷲ ނާޝިދު އޭސީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އޭސީސީގެ ނައިބު ރައީސްގެ މަޤާމަށް ޢަބްދުﷲ ނާޝިދު އައްޔަންކުރެއްވުމަށްޓަކައި، މި މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%