ސްޓެލްކޯގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ޓަވަރެއްގެ ބިތްދޮށަށް ޒުވާނަކު ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް މީގެ އިރުކޮޅެއް ކުރިން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވެއެވެ.
އޭގެ އިރުކޮޅެއް ފަހުން ފުލުހުން ބުނީ ސްޓެލްކޯގެ ޓަވަރަކުން ޒުވާނަކު ވެއްޓި މަރުވެފައިވާ ކަމަށެވެ.
ސްޓެލްކޯ ފްލެޓް އިމާރާތުގެ ނުވަ ވަނަ ފްލޯގެ ބެލްކަނިން ވެއްޓި މަރުވެފައި އޮއްވައި ފެނުނީ ހ. ގިނިރާހިއާގޭ އިބްރާހިމް ޝަރީފު، 31، އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.









