ލުބުނާނުގެ ވަޒީރުންގެ މަޖިލީހުގެ ރައީސް އަދި އައު ބޮޑުވަޒީރު ނަވާފް ސަލާމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އާ ބޮޑުވަޒީރަށް ރައީސް ފޮނުއްވި މެސެޖުގައި ވަނީ ބޮޑުވަޒީރުގެ އިސްނެންގެވުމުގެ ދަށުން ލުބްނާނަށް ކުރިއެރުން ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ މެސެޖުގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް އެއްބަނޑުއެއްބަފާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއާއި ލުބްނާނުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އަދި ލުބުނާނުގެ ރައްޔިތުންނަށް ހަމަޖެހުމާއި ތަނަވަސްކަން ގެނައުމަށް ބޮޑުވަޒީރުގެ ދައުރުގައި ހަރުދަނާކަމާއެކު މަސައްކަތް ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.









