ރިސޯޓުތަކާއި ހޮޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތުނބުޅި ދިގުކުރުމާއި ބުރުގާ އެޅުމުގެ ހުއްދަ ދިނުމަށް އެދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބަލައިގަނެ، އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި ގަރާރު މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މައުރޫފް ވިދާޅުވި ގޮތުގައި ރާއްޖޭގެ 93 ޕަސަންޓު ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މި ގަރާރަށް ތާއީދުކުރެއެވެ.
މަޢުރޫފް އެހެން ވިދާޅުވިޔަސް، އެނގިފައިވާ ގޮތުގައި ބޮލާއި ތުނބުޅި ފަދަ ތަންތަން ދިގުކުރުމާއި ދެކޮޅަށް ވަރަށް ގިނަ ރިސޯޓު އޯނަރުން ދެކޮޅު ހަދައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ އެ ދާއިރާގެ ޕްރޮފެޝަނަލްކަން ގެއްލޭނެ ކަމެކެވެ.
ކެންދޫ ދާއިރާ މެންބަރުގެ ޤަރާރުގައި ސަރުކާރަށް ގޮވާލާފައިވަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހެދުން އެޅުމުގެ އާންމު މިންގަނޑެއް އެކުލަވާލުމަށެވެ.
އަދި ބުރުގާ އަޅައިގެން މަސައްކަތްކުރަން ބޭނުންވާ އަންހެނުންނާއި ތުނބުޅި ބަހައްޓައިގެން މަސައްކަތްކުރަން ބޭނުންވާ ފިރިހެނުންނަށް ހުރި ހުރަސްތައް ނައްތާލުމަށެވެ.









