Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރިސޯޓުތަކުގައި ބުރުގާ އާއި ތުނބުޅި ހުއްދަކުރުމަށް ގޮވައިލައިފި

ރިސޯޓުތަކުގައި ބުރުގާ އާއި ތުނބުޅި ހުއްދަކުރުމަށް ގޮވައިލައިފި

ހުސައިން އިސްމާއިލް
486 ދުވަސް ކުރިން - 10 ފެބްރުއަރީ 2025 10:59
ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު / ފޮޓޯ: މަޖިލިސް
ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު / ފޮޓޯ: މަޖިލިސް
ޚުލާސާ

ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާތީވެ، ޓޫރިޒަމް ދާއިރާގައި ވެސް އެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރުގެ ގަރާރުގައި ވިދާޅުވި.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުން ފަދަ ކަންކަން ހުއްދަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރުގެ މައިގަނޑު ނުކުތާތަކަކީ:

1. ގާނޫނުއަސާސީގެ 19 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްވެސް އިސްލާމީ ޝަރީއަތާއި ގާނޫނުގައި މަނާނުކުރާ ކަންކަން ކުރުމުގެ މިނިވަންކަން ލިބިދީފައިވުން.

Advertisement

Advertisement 1

2. ގާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ބޭނުން ވަޒީފާއެއް އަދާކުރުމުގެ މިނިވަންކަން ލިބިދީފައިވުން.

3. ބައެއް ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ހެދުން އެޅުމުގެ މިންގަނޑުތަކުން ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުމަށް ހުރަސްއެޅޭކަން.

4. މިކަމުގެ ސަބަބުން ބުރުގާ އަޅާ އަންހެނުންނާއި ތުނބުޅި ބަހައްޓާ ފިރިހެނުންގެ ވަޒީފާގެ ހައްގަށް ހުރަސްއެޅޭކަން.

މެންބަރުގެ ގަރާރުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުން އެޅުމުގެ އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށާއި، މި އުސޫލުގެ ދަށުން ބުރުގާ އަޅައިގެންނާއި ތުނބުޅި ބަހައްޓައިގެން މަސައްކަތްކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވައިލެއްވިއެވެ.

މައުރޫފް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 19 ވަނަ މައްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދީފައިވާ ކަމަށާއި އެމީހަކު ބޭނުން ވަޒީފާއެއް އަދާ ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްފަތުރުވެރިކަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

10 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

10 ދުވަސް ކުރިން - 02:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

11 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

11 ދުވަސް ކުރިން - 00:50