ޣައްޒާގެ އުތުރުގައި އޮތް ނެޓްޒަރިމް ކޮރިޑޯއިން އިސްރާއީލުގެ ސިފައިން މިއަދު އެއްކޮށް ފައިބައިފިއެވެ. މިއީ ހިނގަމުންދާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދަށުން އެޅުނު ފިޔަވަޅެކެވެ.
ނެޓްޒަރިމް ކޮރިޑޯއަކީ ޣައްޒާގެ އުތުރާއި ދެކުނު ވަކިކުރާ 6 ކިލޯމީޓަރުގެ ސަރަޙައްދެކެވެ. މި ސަރަޙައްދު އުފެއްދީ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ ސިފައިންނެވެ. މީގެ ބޭނުމަކީ ޣައްޒާގެ އުތުރާއި ދެކުނުގެ ދެމެދު ފަލަސްތީނުގެ ރައްޔިތުންގެ ދަތުރުފަތުރު ބެލެހެއްޓުމާއި ކޮންޓްރޯލް ކުރުމެވެ.

މި ކޮރިޑޯގެ ނަން ކިޔާފައިވަނީ ނެޓްޒަރިމްގެ ނަމުންނެވެ. ނެޓްޒަރިމްއަކީ 2005 ގައި އިސްރާއީލު ޣައްޒާއިން ގޭބުމުގެ ކުރިން ޣައްޒާގައި ހުރި ޣައިރު ޤާނޫނީ އިސްރާއީލީ އާބާދީތަކުގެ ތެރެއިން އެއް އާބާދީއެވެ.









