މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ހަސަން ޝަކީލް މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 64 އަހަރުގައި ނިޔާވި ޝަކީލް އަކީ އެ އިންސްޓިޓިއުޓަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމްއެމްއާރުއައި އިން ބުނީ ޝަކީލަކީ އެ ދާއިރާގެ މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
އެ އިންސްޓިޓިއުޓަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކީ ވެސް ޝަކީލް ކަމަށް އެމްއެމްއާރުއައި އިން ބުންޏެވެ.









