Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިންތިޚާބު ކާމިޔާބުކުރި ކެނޑިޑޭޓުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިންތިޚާބު ކާމިޔާބުކުރި ކެނޑިޑޭޓުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

އާނާ ފަހީމް
487 ދުވަސް ކުރިން - 8 ފެބްރުއަރީ 2025 23:11
ރައީސް / ފޮޓޯ: ޕީއެންސީ
ރައީސް / ފޮޓޯ: ޕީއެންސީ
ޚުލާސާ

37 ގޮނޑީގެ ތެރެއިން އިންތިޚާބަކާއި ނުލައި 24 ގޮނޑި އަދި އިންތިޚާބުގައި ވާދަކޮށްގެން 9 ގޮނޑި ކާމިޔާބުކޮށް، ޖުމްލަ 33 ގޮނޑި ޕީއެންސީއަށް ލިބިފައިވޭ.

މިއަދު ބޭއްވި ބައި އިލެކްޝަންގައި ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް ރައީސްގެ މަރުހަބާ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވުނު ބައި އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފައެވެ.

Advertisement

Advertisement 1

މި އިންތިޚާބުގައި ވާދަކުރި 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ޕީއެންސީން ކާމިޔާބުކުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބައި އިލެކްޝަނާއި ގުޅިގެން ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލައި 24 ގޮނޑި އަދި އިންތިޚާބުގައި ވާދަކޮށްގެން 9 ގޮނޑި ކާމިޔާބުކޮށް، ޖުމްލަ 33 ގޮނޑި ޕީއެންސީއަށް ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި އަތޮޅު ކައުންސިލް ރައީސް ކަމުގެ 1 ގޮނޑި އާއި، ރަށު ކައުންސިލް ރައީސް ކަމުގެ 1 ގޮނޑި އާއި، ރަށު ކައުންސިލް މެންބަރު ކަމުގެ 2 ގޮނޑި އާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި ހިމެނެއެވެ.

މި ކާމިޔާބީ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މާތްﷲ އަށް ޙަމްދުކުރައްވައި، އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި، ވޯޓުގައި ބައިވެރިވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

މި ބައި އިލެކްޝަންގެ ނަތީޖާއިން ދައްކުވައިދެނީ ވެރިކަންކުރާ ޕީއެންސީއަށް ރައްޔިތުންގެ ތާއީދު އިތުރުވެފައިވާކަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

6 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

3 ދުވަސް ކުރިން - 17:31