Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފުވައްމުލަކު ޑްރަގް ނެޓްވޯކް އެއްކޮށްހެން ނައްތާލެވިއްޖެ: ވަޒީރު އިޙްސާން

ފުވައްމުލަކު ޑްރަގް ނެޓްވޯކް އެއްކޮށްހެން ނައްތާލެވިއްޖެ: ވަޒީރު އިޙްސާން

އައިޝަތު ރުވާ ރިފްޢަތު
482 ދުވަސް ކުރިން - 8 ފެބްރުއަރީ 2025 12:57
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން
ޚުލާސާ

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދެގޮތަކަށް މަސައްކަތް ކުރައްވަމުންދާކަމަށް، އެއީ މަސްތުވާތަކެއްޗަށް އޮތް ޑިމާންޑު ދަށްކުރުމަށް އެތަކެއްޗަށް ދެވިހިފާފައިތިބި މީހުންނަށް ފަރުވާދިނުމާއި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތްކުރުންކަމަށް ވަޒީރު ވިދާޅުވި.

ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވަމުން އައި މަސްތުވާތަކެތީގެ ނެޓްވޯކް އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މިއަހަރުގެ ރިޔާސީ ބަޔާނާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދެގޮތަކަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެއީ މަސްތުވާތަކެއްޗަށް އޮތް ޑިމާންޑު ދަށްކުރުމަށް އެތަކެއްޗަށް ދެވިހިފާފައި ތިބި މީހުންނަށް ފަރުވާ ދިނުމާއި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފުވައްމުލަކުގައި ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން ޑްރަގް މީހުންނަށް ދެމުންގެންދާ ތަންތަން އެއްކޮށް ހުއްޓުވައި އެކަންކަން ކުރަމުން އައި މީހުން ހިފާ ހައްޔަރުކޮށްފައިވާނެ،" ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރާ އެކު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފަރުވާދެވޭ ގޮތަށް ތިން މަރުކަޒެއް ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 1.2 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ވަނީ ހުއްޓުވާފައެވެ.

ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކަސްޓަމްސް ގުޅިގެން އިންޓެލިޖެންސަށް ބިނާކޮށް އޮޕަރޭޝަންތަކެއް ދަނީ ހިންގަމުން ކަމަށެވެ. އަދި އަތޮޅުތަކަށް ހާއްސަކޮށްގެން ޑްރަގް އޮޕަރޭޝަންތައް ހިންގައި އެފަދަ ނެޓްވޯކުތައް ނައްތާލުމުގެ ކާމިޔާބު މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން، މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް ތިބޭ މީހުން ދެނެގަނެ، އެ މީހުން މަނީ ލޯންޑަރިންގެ ކުށުގައި ހައްޔަރުކުރަމުންދާ ކަމަށާއި، ޤާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު އެމީހުންނަށް ދެމުންދާ ކަމަށްވެސް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރު އަލީ އިހުސާންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

3 ދުވަސް ކުރިން - 07:07

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

5 ދުވަސް ކުރިން - 17:38

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

5 ދުވަސް ކުރިން - 17:03

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ފުލުހުން ބަލަން ފަށައިފި

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ބަލަނީ

8 ދުވަސް ކުރިން - 12:12

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

23 ދުވަސް ކުރިން - 09:33

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް: އިހުސާން

"ބިދޭސީންގެ މައްސަލައިގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް"

27 ދުވަސް ކުރިން - 17:21