Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ދެއްވީ ޤައުމިއްޔަތާއި މިނިވަންކަން ނަގަހައްޓައި، ތަރައްޤީގެ ފުރިހަމަ ޔަގީންކަން: ފިރުޒުލް

ރައީސް ދެއްވީ ޤައުމިއްޔަތާއި މިނިވަންކަން ނަގަހައްޓައި، ތަރައްޤީގެ ފުރިހަމަ ޔަގީންކަން: ފިރުޒުލް

އައިޝަތު ރުވާ ރިފްޢަތު
595 ދުވަސް ކުރިން - 8 ފެބްރުއަރީ 2025 12:54
ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް.
ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް.
ޚުލާސާ

ޤައުމުގެ ސިޔާދަތީ މިނިވަންކަމަށް ރައީސް ދެއްވާ އިސްކަން ރިޔާސީ ބަޔާނުން ފާހަގަވެގެން ދިޔަ ކަމަށް ފިރުޒުލް ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ޤައުމިއްޔަތާއި، މިނިވަންކަން ނަގަހައްޓައި، ތަރައްޤީގެ ފުރިހަމަ ޔަގީންކަން ދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނާއި ގުޅިގެން ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، ފިރުޒުލް ވިދާޅުވީ ރިޔާސީ ބަޔާނުގައި ޤައުމިއްޔަތަށް އިސްކަންދިނުމާއި، ޑިޖިޓަލައިޒޭޝަނާއި، ޚާރިޖީ ސިޔާސަތާއި، އަދި ތަރައްޤީގެ ސިޔާސަތުތަކަށް އަލިއަޅުވާލާފައިވާ ކަމަށެވެ.

"އަދުގެ ސަރުކާރުން ޤައުމިއްޔަތަށް ދެއްވާ އިސްކަން ރިޔާސީ ބަޔާނުން ފާހަގަކުރެވޭނެ. ޤައުމީ ތަރިކަ ދިރުވައި އާލާކުރުމުގައި ޑިޖިޓަލައިޒޭޝަނަށް އިސްކަން ދިނުމުގެ މަސައްކަތްތައް ވަނީ ފެށިފައި،" ފިރުޒުލް ވިދާޅުވިއެވެ.

Advertisement

Advertisement 1

ފިރުޒުލް އިތުރަށް ވިދާޅުވީ، ޤައުމުގެ ސިޔާދަތީ މިނިވަންކަމަށް ރައީސް ދެއްވާ އިސްކަން ރިޔާސީ ބަޔާނުން ފާހަގަވެގެން ދިޔަ ކަމަށެވެ. އަދި ދިވެހި ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެއްވާނީ ދިވެހިންނަށް ލިބިދޭ މިނިވަންކަމާއި އެއްގޮތަށް އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ވެސް އެކަން ކަށަވަރު ކުރުމަށެވެ.

ތަރައްޤީގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއްގެ މަޢުލޫމާތު ރިޔާސީ ބަޔާނުގައި ހިއްސާކުރައްވާފައި ވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. "2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރަށް ވާސިލްވުމަށް ކުރަންހުރި މަސައްކަތްތައް ރިޔާސީ ބަޔާނުން ފާހަގަވެގެން ދިޔަ،" ފިރުޒުލް ވިދާޅުވިއެވެ.

އެގޮތުން، ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިއަހަރު ތަރައްޤީއާ ގުޅޭ 1000 އަށްވުރެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ސްކޫލް ޢިމާރާތްތަކާއި، ސިއްޙީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ތަންތަން ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

މީގެއިތުރުން، ޤައުމީ ތަރައްޤީގެ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސް އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމާލެއިން ޕްރޮޕަޓީ ވިއްކޭނީ ވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ވެސް ސަރުކާރުން: މިނިސްޓަރު މުއްތަލިބު

"ޕްރޮޕަޓީ ވިއްކޭނީވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ދިވެހި ސަރުކާރުން"

9 ގަޑިއިރު ކުރިން - 19:56

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ބޮޑުތަންވެސް ކުރީގައި!

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ކުރީގައި!

21 ގަޑިއިރު ކުރިން - 07:30

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން - 00:45

ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކެއް ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ދާނީ ގާނޫނުގެ ތެރެއިން: ރައީސް

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ: ރައީސް

1 ދުވަސް ކުރިން - 23:04

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

1 ދުވަސް ކުރިން - 15:25

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 14:46