ގްރެނާޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ގަވަރނަރ ޖެނެރަލް ޑޭމް ސެސީލް ލަ ގްރެނާޑް، (ޖީސީއެމްޖީ، އޯބީއީ) އާއި ބޮޑުވަޒީރު ޑިކޮން މިޗެލް އަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު ގަވަރނަރ ޖެނެރަލް ލަ ގްރެނާޑް އާއި ބޮޑުވަޒީރު މިޗެލް އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެ ބޭފުޅުންނަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެން، ގްރެނާޑާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ގްރެނާޑާގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. މި އަހަރަކީ ގްރެނާޑާ މިނިވަންވިތާ 50 އަހަރު ފުރޭ އަހަރެވެ.