Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފްލޯޓިން ސޯލާ ސިޓީން އަހަރަކު 43 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ

ފްލޯޓިން ސޯލާ ސިޓީން އަހަރަކު 43 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ

އާނާ ފަހީމް
579 ދުވަސް ކުރިން - 7 ފެބްރުއަރީ 2025 17:18
ވަޒީރު ސަޢީދު ރިޔާސީ ބަޔާން ފޯރަމްގައި ވާހަކަފުޅުދައްކަވަނީ.
ވަޒީރު ސަޢީދު ރިޔާސީ ބަޔާން ފޯރަމްގައި ވާހަކަފުޅުދައްކަވަނީ.
ޚުލާސާ

މާލެ ކައިރީގައި 100 މެގަވޮޓަށްވުރެ ގިނަ ސޯލާ ޕެނަލް މޫދުގައި އަތުރާލައި ސޯލާ ސިޓީއެއް ތަރައްޤީ ކުރުމުން، އެތަނުން އުފައްދާ ކަރަންޓުން ގާތްގަނޑަކަށް އަހަރަކު 43 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާލުވި.

ފްލޯޓިން ސޯލާ ސިޓީ ތަރައްޤީ ކުރެވުމުން ދައުލަތުން ކަރަންޓަށް ޚަރަދުކުރާ ފައިސާގެ ތެރެއިން އަހަރަކު 43 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު ވިދާޅުވި ގޮތުގައި، މާލެ ކައިރީގައި 100 މެގަވޮޓަށްވުރެ ގިނަ ސޯލާ ޕެނަލް މޫދުގައި އަތުރާލައި ސޯލާ ސިޓީއެއްގެ ގޮތުގައި ސްޕްރެޑެއް ހެދުމަށް މަޝްވަރާ ކޮށްފައި ވެއެވެ. މި ސޯލާ ސިޓީއިން އުފައްދާ ކަރަންޓުން ގާތްގަނޑަކަށް އަހަރަކު 43 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ހިންގޭ ފުރަތަމަ ޕްރޮޖެކްޓެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށައި، 2027 ވަނަ އަހަރުގެ ތެރޭގައި ނިންމައި، އޭގެ ނަފާ ލިބެން ފަށާނެ ކަމަށެވެ.

Advertisement

Advertisement 1

ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުޙަލާގެ ހުއްދަ ކެނެޑާގެ އެބްރަކްސަސް ޕަވަރ ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ އެޕްރީލް މަހު ދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ސަޢީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ޙަވާލުވިއިރު ޤައުމު އޮތީ މާލީ އަނދަވަޅެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް، ރައީސްގެ އިރުޝާދާއެކު ފިނޭންސް މިނިސްޓްރީން ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ ޤައުމު ނުދަރާ އޮތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ

މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓުރޭޑްމިނިސްޓަރު މުހައްމަދު ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

3 ގަޑިއިރު ކުރިން - 15:57

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

3 ގަޑިއިރު ކުރިން - 15:47

އައު ގާނޫނުގެ ދަށުން 20 އަހަރުވީ އުޅަނދުތައް ނަގާނީ އެކަށީގެންވާ ބަދަލެއް ދިނުމަށްފަހު: މިނިސްޓަރު ސައީދު

މުސްކުޅި ވެހިކަލްތައް ނައްތާލާނީ ބަދަލު ދީފަ: މިނިސްޓަރު ސައީދު

3 ގަޑިއިރު ކުރިން - 15:38

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމައިފި

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހަދަނީ

7 ގަޑިއިރު ކުރިން - 11:45

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

27 ދުވަސް ކުރިން - 10:15

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: މިނިސްޓަރ ސައީދު

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: ސައީދު

36 ދުވަސް ކުރިން - 13:54