އިންތިޚާބުތައް އެއްކޮށްލުމަކީ ވަރަށް ރަނގަޅު ވިސްނުމެއް: ޤާސިމް

ހުސައިން އިސްމާއިލް | 132 ދުވަސް ކުރިން - 6 ފެބްރުއަރީ 2025 15:37
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް.
ޚުލާސާ

ދެ އިންތިޚާބު އެއްކޮށްލުމުން އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ކުޑަވެގެންދާނެ ކަމަށް ޤާސިމް ވިދާޅުވި.

ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަކީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުން އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ކުޑަވެގެންދާނެ ކަމަށެވެ. އަދި މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިޚާބަށްފަހު އަންނަ މަޖިލިސް އިންތިޚާބުގައި ސަރުކާރުތަކުން ދާއިރާތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ޤާސިމް ވިދާޅުވީ މި ބަދަލު ގެނައުމުގައި "ދެކޮޅަށް ވާހަކަދެއްކޭނެ ކަންކަން ވެސް ހުރި" ކަމަށެވެ. އޭގެ ތެރޭގައި ވެރިކަމުގައި ހުންނަ ފަރާތަށް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތުން ހިމެނޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ފެހި ޤާނޫނުއަސާސީގެ ދަށުން މިހާތަނަށް އެއްވެސް ރައީސަކަށް ވެރިކަން ދިފާއެއް ނުކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ނަގާނެ ކަމަށެވެ. މި ބަދަލު ގެނެވޭނީ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން ކަމަށާއި، މި ބަދަލާއި އެކު މިހާރުގެ މަޖިލިސް ދައުރު ފަސް އަހަރަށް ވުރެ ކުރުވާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%