Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްޑީޕީގެ މުޒާހަރާއަކީ ފަނާކުރުވަނިވި މުޒާހަރާއެއް: ގާސިމް

އެމްޑީޕީގެ މުޒާހަރާއަކީ ފަނާކުރުވަނިވި މުޒާހަރާއެއް: ގާސިމް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
251 ދުވަސް ކުރިން - 3 އޮކްޓޫބަރު 2025 18:22
ގާސިމް އިބްރާހިމް: މިއަދު ބާއްވާ މުޒާހަރާއަކީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށް ގާސިމް ވަނީ ސިފަކުރައްވައިފަ--- ފޮޓޯ: އިންޓަނެޓް
ގާސިމް އިބްރާހިމް: މިއަދު ބާއްވާ މުޒާހަރާއަކީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށް ގާސިމް ވަނީ ސިފަކުރައްވައިފަ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ކުރީގެ ސަރުކާރުތަކުން ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ވައްކަންތައް ކޮށްފައިވާ ކަމަށާއި، އެ ސަރުކާރުތަކުން އެކަންކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ގާސިމް ވިދާޅުވި

އެމްޑީޕީ އިން މިއަދު ބާއްވާ މުޒާހަރާއަކީ ބިނާކުރުވަނިވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށް، މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މިއަދު އެމްޑީޕީން ބާއްވާ މުޒާހަރާގެ މަގުސަދަކީ ވެރިކަން ހޯދުމުގެ ނިޔަތުގައި ކުރާ ބޮޑު ނުބައި ކަމެއް ކަަމަށް ގާސިމް ވަނީ ސިފަކުރައްވައިފަ އެވެ. މީގެ އިތުރުން، މި އޮތް ބޮޑު ދަރަނިވެރި ހާލަތުގައި އެއްވެސް ކަމެއް ކޮށް ނުދެވޭނެކަމަށް ވިދާޅުވެ ގާސިމް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

Advertisement

Advertisement 1

ރައީސް ޑރ. މުއިއްޒުގެ މި ވެރިކަމުގައި ކުރަން ޖެހިފައިވާ ކަމަކީ، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުން ކަމަށާއި، ލިބޭ ފައިސާގެ ބޮޑުބައި ހަރަދު ވަނީ އެ ދަރަނިތައް ދެއްކުމަށް ކަމަށް ގާސިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. އެ ދަރަނިތައް ނުދެއްކިއްޖެނަމަ ގައުމު ބަނގުރޫޓް ވެދާނެ ކަމަށާއި، އެހެން ނަމަވެސް އިތުރު ޓެކްސް ނަގައިގެން ވެސް ސަރުކާރުން އެކަންކަން މެނޭޖްކުރައްވަމުން ގެންދަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުން ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ވައްކަންތައް ކޮށްފައިވާ ކަމަށާއި، އެ ސަރުކާރުތަކުން އެކަންކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެން ނަމަވެސް، މިއަދުގެ ސަރުކާރުން އެފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާ ކަމަށް ގާސިމް އިތުރަށް ވިދާޅުވި އެވެ.

އެމްޑީޕީން ބާއްވާ މުޒާހަރާގައި ބައިވެރި ނުވުމަށާއި، ގައުމުގެ އަމަން އަމާންކަން ގެއްލޭ ފަދަ އެއްވެސް ކަމެއްގައި އާންމުން ބައިވެރިނުވުމަށް ވެސް ގާސިމް ވަނީ ގޮވާލައްވައިފަ އެވެ.

ގާސިމް އިބްރާހިމްއެމްޑީޕީ
Ad
Ad

ގުޅޭ ޚަބަރުތައް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

5 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

7 ދުވަސް ކުރިން - 07:30

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ލިބުނުހާ އާމްދަނީއެއް ހަރަދުކުރީ އެމްޑީޕީން ނެގިހާ ލޯނުތައް އަދާކުރުމަށް

9 ދުވަސް ކުރިން - 11:31

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

12 ދުވަސް ކުރިން - 13:51

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

17 ދުވަސް ކުރިން - 13:16

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%