ގައުުމުގެ ހަމަޖެހުމަށްޓަކައި މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ: ގާސިމް

މަރްޔަމް މާޙީ | 14 ގަޑިއިރު ކުރިން - 14 ފެބްރުއަރީ 2026 12:54
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަނީ---ފޮޓޯ:ޕީއެސްއެމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަނީ---ފޮޓޯ:ޕީއެސްއެމް
ޚުލާސާ

ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް އެއްބާރުލުން ދީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށް ގާސިމް ވިދާޅުވެއްޖެ

ގައުުމުގެ ހަމަޖެހުމަށް މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އިފްތިތާހު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް އެއްބާރުލުން ދީގެން ކަމަށެވެ. އަދި މިކަން ކުރުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ވެސް ގާސިމް ތަކުރާރުކޮށް އިލްތިމާސް ކުރެއްވިއެވެ.

ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވެ, ގާސިމް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ފުނޑާލީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން ކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުގައި ގައުމު ދަރުވާލާފައިވާކަން ވެސް ގާސިމް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން, ގާސިމް ވިދާޅުވީ ގައުމު މިއަދު ކުރިއަށްދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުޅަދަނާކަމާއި ގާބިލްކަމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު އޮތް ދަރަނީގެ ހާލަތުން އަރައިގަނެވޭނީ ރައްޔިތުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށާއި, މި ގައުމުގެ މުސްތަގުބަލަށްޓަކައި ހުރިހާ ރައްޔިތުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގާސިމް ވަނީ ގޮވާލައްވައިފަ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%