Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދަނޑުވެރިކަމަށް ޚާއްސަ އިޤްތިޞާދީ ޒޯނެއް މިއަހަރު ޤާއިމްކުރާނަން: ރައީސް

ދަނޑުވެރިކަމަށް ޚާއްސަ އިޤްތިޞާދީ ޒޯނެއް މިއަހަރު ޤާއިމްކުރާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
570 ދުވަސް ކުރިން - 6 ފެބްރުއަރީ 2025 12:13
ރައީސް ރިޔާސީ ބަޔާން އިއްވެވުން. / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ރިޔާސީ ބަޔާން އިއްވެވުން. / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

މި މަޝްރޫޢުގެ ސަބަބުން، މުސްތަޤްބަލުގައި ރާއްޖެއިން ބޭރުން އެތެރެކުރާ ކާނާގެ ބާވަތްތަކަށް ބަރޯސާވުން ކުޑަކުރެވި، ދިވެހި އުފެއްދުންތެރިކަން އިތުރުވެ، ކާނާގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި.

ދަނޑުވެރިކަމަށް ޚާއްސަ އިޤްތިޞާދީ ޒޯނެއް މިއަހަރު ތެރޭގައި ޤާއިމްކުރެވި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ މަޝްރޫޢުއެއް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި، ރާއްޖޭގެ ބިމުން އިޤްތިޞާދު ބިނާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ދަނޑުވެރިކަމަށް ޚާއްސަ މަސައްކަތްތަކެއް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން، ދަނޑުވެރިކަމަށް ޚާއްސަ އިޤްތިޞާދީ ޒޯނެއް ޤާއިމްކުރެވި، އެ ސިނާޢަތުގެ މަސައްކަތްތައް ފުޅާކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރި ހުރަސްތައް ކަމަށެވެ. މިކަމަށް ޙައްލެއް ހޯދުމަށްޓަކައި، ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތަކުން ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ މިންވަރަށް ޚާއްސަ މަޝްރޫޢުއެއް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢު 2028 ވަނަ އަހަރަށް ނިމި، އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާނެކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"ފާއިތުވި ޕެންޑަމިކްގެ ތެރޭގައިވެސް އެންމެ ބޮޑަށް ކުރިމަތިވި އެއް ގޮންޖެހުމަކީ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިމާވި ދަތިތައް. މިކަމަށް ދާއިމީ ޙައްލެއް ހޯދުމަކީ އަޅުގަނޑުމެންގެ ސަރުކާރުގެ އިސް އަމާޒެއް." ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން، މުސްތަޤްބަލުގައި ރާއްޖެއިން ބޭރުން އެތެރެކުރާ ކާނާގެ ބާވަތްތަކަށް ބަރޯސާވުން ކުޑަކުރެވި، ދިވެހި އުފެއްދުންތެރިކަން އިތުރުވެ، ކާނާގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު އެއް އަސާސަކަށް ދަނޑުވެރިކަމުގެ ސިނާޢަތް ވެގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

7 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

7 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

7 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

16 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31