Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޗެޓްޖީޕީޓީއާއި ޑީޕްސީކް ބޭނުން ނުކުރަން އިންޑިއާގެ މަސައްކަތްތެރިންނަށް ގޮވާލައިފި

ޗެޓްޖީޕީޓީއާއި ޑީޕްސީކް ބޭނުން ނުކުރަން އިންޑިއާގެ މަސައްކަތްތެރިންނަށް ގޮވާލައިފި

އައިޝަތު ރުވާ ރިފްޢަތު
526 ދުވަސް ކުރިން - 5 ފެބްރުއަރީ 2025 21:24
ޗެޓްޖީޕީޓީ އާއި ޑީޕްސީކް ފަދަ އޭއައި އެޕްލިކޭޝަންތަކުން މަޢުލޫމާތުތައް ލީކު ވުމުގެ ފުރުޞަތު ބޮޑު.
ޗެޓްޖީޕީޓީ އާއި ޑީޕްސީކް ފަދަ އޭއައި އެޕްލިކޭޝަންތަކުން މަޢުލޫމާތުތައް ލީކު ވުމުގެ ފުރުޞަތު ބޮޑު.
ޚުލާސާ

މިގޮތަށް އަމަލުކުރަން ނިންމާފައިވަނީ މި އޭއައި ޓޫލްސް ބޭނުންކުރުމުން ސަރުކާރުގެ މުހިންމު މަޢުލޫމާތު ލީކުވެދާނެކަމުގެ ބިރު އޮތުމުން ކަމަށް ނިއުސް އެޖެންސީ ރޮއިޓާސްއިން ރިޕޯޓަކުން ހާމަވޭ.

އިންޑިއާގެ ފިނޭންސް މިނިސްޓްރީން އެ ގައުމުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޗެޓްޖީޕީޓީ އަދި ޑީޕްސީކް ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްސް ބޭނުން ނުކުރުމަށް ގޮވާލައިފިއެވެ. މި ގޮތަށް ގޮވައިލީ އޯޕަންއޭއައިގެ ޗީފް ސޭމް އަލްޓްމަން އިންޑިޔާއަށް ކުރި ދަތުރާއި ގުޅިގެންނެވެ.

ނިއުސް އެޖެންސީ ރޮއިޓާސްއިން ރިޕޯޓު ކުރި ގޮތުގައި، ފިނޭންސް މިނިސްޓްރީގެ އިންޓާނަލް ޑިޕާޓްމެންޓުގެ ލަފާގެ މަތިން މި ހަފުތާގެ ތެރޭގައި މުވައްޒަފުންނަށް މި އިރުޝާދު ދީފައިވެއެވެ. މިގޮތަށް އަމަލުކުރަން ނިންމާފައިވަނީ މި އޭއައި ޓޫލްސް ބޭނުންކުރުމުން ސަރުކާރުގެ މުހިންމު މަޢުލޫމާތު ލީކުވެދާނެކަމުގެ ބިރު އޮތުމުންނެވެ.

މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ޙަވާލާދީ ރޮއިޓާސްއިން ބުނީ، "ޗެޓްޖީޕީޓީ އަދި ޑީޕްސީކްފަދަ އޭއައި ޓޫލްސް އޮފީސް ކޮންޕިއުޓަރުން ބޭނުންކުރުމުން ސަރުކާރުގެ މުހިންމު ޑާޓާ ލީކުވުމުގެ ފުރުސަތު ވަރަށް ބޮޑުވޭ" މިފަދައިންނެވެ.

Advertisement

Advertisement 1

އިންޑިއާގެ އައިޓީ މިނިސްޓަރ އަޝްވިނީ ވޭޝްނަވް ވެސް ވަނީ ސޭމް އަލްޓްމަންއާ ބައްދަލުކުރަން ނިންމާފައިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ވަނީ އެ ގައުމުގެ މުހިންމު ލިޔެކިޔުންތައް ވާދަވެރި ސަރުކާރުތަކަށް ލިބުމުގެ ނުރައްކާ ބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ.

މި ކަންބޮޑުވުމަކީ އިންޑިއާއަށް އެކަނި ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ވަނީ މިފަދަ އޭއައި ޓޫލްސް ބޭނުންކުރުމުގައި ޑޭޓާ ލީކުވުމުގެ ނުރައްކާތެރިކަން ފާހަގަކޮށްފައެވެ. މިސާލަކަށް، ޓައިވާނުން ވަނީ މި ހަފުތާގެ ކުރީކޮޅު ސަލާމަތީ ކަންބޮޑުވުންތަކާއި ގުޅިގެން ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް ސްޓާޓްއަޕް ޑީޕްސީކްގެ ޓެކްނޮލޮޖީ ބޭނުންކުރުން ސަރުކާރުގެ ހުރިހާ އިދާރާތަކަށާއި ކްރިޓިކަލް އިންފްރާސްޓްރަކްޗާ ސާވިސް ޕްރޮވައިޑަރުންނަށް މަނާކޮށްފައެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓްރީން މިފަދަ އިރުޝާދެއް ދީފައިވީ ނަމަވެސް، އެ ގައުމުގެ އެހެން މިނިސްޓްރީތަކުން މިފަދަ އިރުޝާދުތަކެއް ނެރެފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

އިންޑިއާ
Ad
Ad

ގުޅޭ ޚަބަރުތައް

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

27 ދުވަސް ކުރިން - 19:04

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

33 ދުވަސް ކުރިން - 13:15

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

36 ދުވަސް ކުރިން - 12:43

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

43 ދުވަސް ކުރިން - 18:30

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

49 ދުވަސް ކުރިން - 15:05

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

50 ދުވަސް ކުރިން - 13:09

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ބަފާ ޔޫސުފް

525 ދުވަސް ކުރިން - 02:08

އަސްލަކީ، މިފަދަ އޭއައި ޓޫލްސްތަކުގެ ނުރައްކާ އޮތްކަން މިއީ ވަރަށް ސާފު ހަގީގަތެއް. މިފަދަ އެޕްލިކޭޝަންތަކުގައި އޮޓޯ ޕެނިޓްރޭޓެޑް ހިޑެން ބަގްތައް އެކުލެވޭކަމާއި، އިންސްޓޯލްކުރާ ޑިވައިސްތަކުގެ މައުލޫމާތާއި އަދި ލިންތައް ފްރައުޑްލެންޓް ވަމުން ދާނެކަމީ ޔަގީންކަމެއް.