އައިޖީއެމްއެޗްގެ ނަރުސް މެރީ ގްރޭސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޝަރީއަތުގެ މަޖިލީހުގައި ހަލީމަތު ލަމްހާ ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާ މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ގޭބަންދަށް ބަދަލުކުރިއެވެ.
މޭރީގެ މަރަކީ ސުއިސައިޑެއް ކަމަށް ބުންޏަސް އެއީ ގަސްތުގައި ހިންގި މަރުގެ މައްސަލައެއް ކަމަށާއި، ރިޕޯޓްތައް ބުނާ ގޮތުގައި މާވިންގެ ލޯބިވެރިޔާ ލަމްހާ އަކީ އެ ޖަރީމާގައި ބައިވެރިވި މީހެއް ކަމަށް ތުހުމަތު ކުރެވެ އެވެ.
ލަމްހާ އާއި މާވިން ވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރުކޮށްފަ އެވެ. އޭނާގެ މައްސަލަ ސާބިތު ކުރުމަށް
ޕޯސްޓް މޯޓަމް ތަހުލީލުން އެނގުނު ގޮތުގައި މޭރީ މަރުވީ ބޮލާއި ކަރަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށާއި އެއީ ފުރަތަމަ އަމިއްލައަށް މަރުވި ކަމަށް ބުނާ ވާހަކައާ ފުށުއަރާ ކަމެއް ކަމަށް ވެސް ދައުލަތުން ބުނެއެވެ.
މާވިން އަދިވެސް ހުރީ ބަންދުގައެވެ. މި ކުށް ސާބިތުވެ ލަމްހާ އަށް ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.









