ވޭޕް ބޭނުންކުރުމުން 11 މީހަކު ޖޫރިމަނާކޮށްފި

ހުސައިން އިސްމާއިލް | 257 ދުވަސް ކުރިން - 5 ފެބްރުއަރީ 2025 12:08
ވެޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ. / ފޮޓޯ: ޚުލަސާ އާޓްވޯކް
ވެޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ. / ފޮޓޯ: ޚުލަސާ އާޓްވޯކް
ޚުލާސާ

ރައްޔިތުން ވޭޕާއި ދުންފަތާއި ދުރުކުރުމުގެ ގޮތުން ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް 1676 ނަންބަރުގެ ހޮޓްލައިނެއް ތަޢާރަފުކުރުން ހިމެނޭ ކަން ފާހަގަ ކުރެވޭ.

ވޭޕް ބޭނުންކޮށްގެން މިދިޔަ ޖެނުއަރީ މަހު 11 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައިފިއެވެ. މިއީ ޑިސެމްބަރު މަހު ޖޫރިމަނާކުރި 17 މީހުންނާ އަޅާބަލާއިރު މަދު އަދަދެކެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު ވޭޕް ވިއްކާ ފަރާތްތައް 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިއްކާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ފުލުހުން ބުނެފައިވަނީ ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ފޯނު މެސެޖަކުން ޖޫރިމަނާގެ މަޢުލޫމާތު އަންގާނެ ކަމަށެވެެ.

މީގެ އިތުރުން، ގާނޫނަށް ގެނެވުނު އިތުރު ބަދަލުތަކުގެ ތެރޭގައި:

- އަމިއްލަ މީހުންގެ ގޭގައި އަދި ސަރުކާރުގެ އޮފީސް އިމާރާތްތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާވުން

- ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރު 18 އަހަރުން 21 އަހަރަށް ބަދަލުކުރުން.

ދުންފަތުގެ އިސްތިއުމާލު މަދުކުރުމަށް ސަރުކާރުން އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރެޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ދުންފަތުގެ އިސްތިއުމާލު ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް 1676 ނަންބަރުގެ ހޮޓްލައިނެއް ތަޢާރަފުކުރުން ހިމެނޭކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%