ރާއްޖެއަށް 5600 ވޭޕް އެތެރެކުރި ކުންފުނީގެ ޝެއާހޯލްޑަރަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ޕޭން-އޯޝަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކަން އެނގިއްޖެއެވެ.
ފަޒްނާއާ އޮތް ގުޅުން:
މި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ފަޒްނާ އަޙްމަދުގެ އާއިލީ ބޭފުޅުން ހިމެނެއެވެ. އަދި މީގެ އިތުރުން ފަޒްނާ އަދި އެކަމަނާގެ ބައްޕަ (ބޮޑުސިއްކަ) ހިއްސާވާ ޝައިން ޓްރީ ހޯލްޑިންގްސް އާ ވެސް މި ވިޔަފާރިއާ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވެއެވެ.
މި ވޭޕް ކާޓްރިޖްތައް ފެނިފައިވަނީ "ޖެނެރަލް ކާގޯ" (އާންމު މުދާ) ގެ ގޮތުގައި ޑިކްލެއާކޮށް، އޮޅުވާލައިގެން ފޮރުވައިގެން އެތެރެކުރަން އުޅެނިކޮށެވެ.
ދިވެހިރާއްޖޭގައި ވޭޕް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން ވޭޕް އެތެރެކުރާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެއެވެ. މިގޮތުން ވޭޕް އެތެރެކުރާ ކޮންމެ ޑިވައިސްއަކަށް ނުވަތަ ކާޓްރިޖްއަކަށް ބޮޑެތި ޖޫރިމަނާ އަންނާނެއެވެ.
ޕޭން އޯޝަން އަކީ ފަޒްނާގެ ޝައިންޓްރީ 100 ޕަސަންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.









