ފުލުހުންގެ ބެލުމުގެދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 31 ދުވަސް ކުރިން - 24 ޑިސެންބަރު 2025 18:23
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތައް ނައްތާލަނީ--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތައް ނައްތާލަނީ--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތި ނައްތާލާފައިވަނީ މިއަދުގެ ވަގުތެއްގައި ދޫނިދޫގައި

ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ ސަމާނު ނައްތާލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މި ތަކެއްޗަކީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ. މި ތަކެތި ނައްތާލާފައިވަނީ މިއަދުގެ ވަގުތެއްގައި ދޫނިދޫ ގައެވެ. އެގޮތުން ހަތަރު ޝީޝާޕަފާއި، އެއް ވޭޕާއި 442 ފްލެވާޑް ކާޓްރިޖާއި، ތިން ނެނޯސްޓިކްގެ އިތުރުން އެއް ކާޓޫނު ސިނގިރޭޓް ނައްތާލާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ވޭޕް ގެންގުޅުމާއި ބޭނުންކުރުން މަނާކުރި ފަހުން ވަގަށް ވޭޕް އެތެރެކުރުމުގެ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ވޭޕް މަނާކުރި ފަހުން ހިފެހެއްޓި އޭގެ އެންމެ ބޮޑު ޝިޕްމެންޓް ހިފަހައްޓާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގައި ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ޖުމުލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސްއިން އޭރު ވަނީ ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%