މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން މުޙައްމަދު ވަޖީހު އިބްރާހީމް ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރާއި ބޯޑު ޑިރެކްޓަރުގެ މަޤާމުން ދަފްތަރު ނަންބަރު ރސ 4589، މުޙައްމަދު ވަޖީހު އިބްރާހީމް މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

ނަމަވެސް ވަޖީހު ވަކިކޮށްފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.