Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިއަހަރުގެ ފުޓްސަލް މުބާރާތް ފަށާނީ ހޯމަ ދުވަހުގެރޭ - އެފް.އެމް.އޭ

މިއަހަރުގެ ފުޓްސަލް މުބާރާތް ފަށާނީ ހޯމަ ދުވަހުގެރޭ - އެފް.އެމް.އޭ

ހުސައިން އިސްމާއިލް
498 ދުވަސް ކުރިން - 5 މާޗް 2025 17:59
އެފް.އެމް.އޭއިން ބުނީ ހޯމަ ދުވަހުގެރޭ ފަށާ މުބާރާތަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް ކަމަށް.
އެފް.އެމް.އޭއިން ބުނީ ހޯމަ ދުވަހުގެރޭ ފަށާ މުބާރާތަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް ކަމަށް.
ޚުލާސާ

ފެއަރ ޕްލޭ، ކިންގް އޮފް ދަ ޓޯނަމަންޓް، ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ، އެންމެ ގިނަ ގޯލު އަދި އެންމެ މޮޅު ފަސްކުޅުންތެރިން ވެސް ހޮވާނެ!

ދެއްވަދޫގައި ކުޑަކުދިންނަށް އަމާޒުކޮށްގެން "އެފް.އެމް.އޭ ފުޓްސަލް ޗެލެންޖް" ގެ ނަމުގައި ބާއްވާ ފުޓްސަލް މުބާރާތް މިހޯމަ ދުވަހުގެރޭ (10 މާރިޗް 2025 ވަނަ ުވަހުގެރޭ) ފަށާނެ ކަމަށް އެ މުބާރާތް ރާވައި ހިންގާ “އެފް.އެމް.އޭ”އިން ބުނެފިއެވެ.

މިއީ އުފެދެމުން އަންނަ ޖީލުގެ ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، ފުޓްސަލްއަށް ޝައުޤުވެރިވާ ހުނަރުވެރި މޮޅު ކުދިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި، ރަށު ފެންވަރުގައި ކުޑަކުދިންނަށް ބާއްވާ އެންމެ ފޯރިގަދަ މުބާރާތް ކަމަށް ވެސް މުބާރާތް އިންތިޒާމްކުރާ ފަރާތުން ޚުލާޞާ އަށް މައުލޫމާތު ދެއްވިއެވެ.

މި މުބާރާތަކީ 2024 ވަނަ އަހަރުން ފެށިގެން އެފް.އެމް.އޭ އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް، ފެއަރ ޕްލޭ ޓީމް، ކިންގް އޮފް ދަ ޓޯނަމަންޓް، ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗް، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ވެސް ހޮވައެވެ.

Advertisement

Advertisement 1

މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ޑީޖޭޖީ އިންނެވެ. އެ ޓީމާއި އެކު ފައިނަލްގައި ވާދަކުރީ އައިލޭންޑަރސްއެވެ.

ދެއްވަދޫއަކީ އަބަދުވެސް ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު އުޅެމުންދާ ރަށެއްކަން ފާހަގަ ކުރެވެއެވެ. މިފަހަރު މާލޭގައި ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގއ އަތޮޅުގެ ޗެމްޕިއަން ޓީމަކީ ވެސް ދެއްވަދޫއެވެ.

ދެއްވަދޫ އަކީ ފުޓްބޯޅައިގައި އަތޮޅު އަދި ޒޯން ފެންވަރުގައި ހުނަރުވެރި ކުޅުންތެރިންތަކެއް ކުޅެފައިވާ، އަދި ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ ރަށެކެވެ.

ގއ. ދެއްވަދޫއެފް.އެމް.އޭ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީ ކެންޑިޑޭޓް ބަލިކޮށް ދެވަނަ ދައުރަކަށް ޝާފިއު، ދެއްވަދޫ ކައުންސިލްގެ 3 ގޮޑި ވެސް ޕީއެންސީއަށް

އެމްޑީޕީ ކެންޑިޑޭޓް ބަލިކޮށް ދެވަނަ ދައުރަކަށް ޝާފިއު

101 ދުވަސް ކުރިން - 17:10

ދެއްވަދޫން ވިލިމާލެއާ ހަތަރެ ކެބެޔެޓެ ފަޑެއިލެއި ފައިނަލެޓެ އެބެގެއާ

ދެއްވަދޫން ވިލިމާލެއާ ހަތަރެ ކެބެޔެޓެ ފަޑެއިލެއި ފައިނަލެޓެ

155 ދުވަސް ކުރިން - 01:07

މުބާރާތުގެ އެންމެ ކާމިޔާބު ރަށް ޕެނަލްޓީގައި ބަލިކުރުމަށްފަހު ދެއްވަދޫ ސެމީއަށް

އެންމެ ކާމިޔާބު ރަށް ބަލިކުރުމަށްފަހު ދެއްވަދޫ ސެމީއަށް

158 ދުވަސް ކުރިން - 01:27

ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާގައި ވާދަކުރަނީ

ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާގައި ވާދަކުރަނީ

161 ދުވަސް ކުރިން - 01:21

ހިތަދޫ ބަލިކޮށް ދެއްވަދޫ ދެކުނުގެ ރަސްކަމަށް!

ހިތަދޫ ބަލިކޮށް ދެއްވަދޫ ދެކުނުގެ ރަސްކަމަށް!

164 ދުވަސް ކުރިން - 00:12

ވާދޫ ބަލިކޮށް ދެއްވަދޫ ހުވަދު އަތޮޅުގެ ރަސްކަމަށް!

ވާދޫ ބަލިކޮށް ދެއްވަދޫ ހުވަދު އަތޮޅުގެ ރަސްކަމަށް!

166 ދުވަސް ކުރިން - 00:46