Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މުބާރާތުގެ އެންމެ ކާމިޔާބު ރަށް ޕެނަލްޓީގައި ބަލިކުރުމަށްފަހު ދެއްވަދޫ ސެމީއަށް

މުބާރާތުގެ އެންމެ ކާމިޔާބު ރަށް ޕެނަލްޓީގައި ބަލިކުރުމަށްފަހު ދެއްވަދޫ ސެމީއަށް

އައިޝަތު އީމާން
203 ދުވަސް ކުރިން - 9 ފެބްރުއަރީ 2026 01:27
ކުއްލި ހަބަރު---
ކުއްލި ހަބަރު---
ޚުލާސާ

މި މެޗު ދެއްވަދޫ ކާމިޔާބުކުރީ 6-8 ގެ ނަތީޖާއިން. ސެމީގައި ދެއްވަދޫ ބައްދަލުކުރާނީ ވިލިމާލެއާ ދެކޮޅަށް.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ރަށް ކަމަށްވާ ތިމަރަފުށި 6-8 ގެ ނަތީޖާއިން ބަލިކުރުމަށްފަހު ދެއްވަދޫ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މެޗުގެ ފުރަތަމަ ކޮޅުގައި ގޯލެއް ޖަހައި ލީޑު ނެގީ ތިމަރަފުށިންނެވެ. މި ގޯލު ކާމިޔާބުކުރީ އަބްދުﷲ ޖިއާން (ޖަންކީ) އެވެ. ފުރަތަމަ ހާފުގައި ދެއްވަދޫ އަށް ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލީ މުހައްމަދު އިމްރާން (އިންމި) އެވެ.

ދެވަނަ ހާފުގައި ހަތް މިނެޓަށް ފަހު ފުރަތަމަ ގޯލެއް ފެނުނީ ތިމަރަފުށީގެ ފަރާތުންނެވެ. މި ގޯލު ކާމިޔާބުކުރީ ސިނާހު އެވެ. ތިމަރަފުށީގެ ތިން ވަނަ ގޯލު ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކުރީ އަފްލާޒެވެ. ދެއްވަދޫގެ ތިން ވަނަ ގޯލު ކާމިޔާބުކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އަލީ ހައިޝަމް (ޗުމްޕު) އެވެ.

Advertisement

Advertisement 1

މެޗު އެއްވަރުވެ ޕެނަލްޓީގައި ދެއްވަދޫ މޮޅުވީ 6-8 ގެ ނަތީޖާއިންނެވެ. ޕެނަލްޓީ ވައްދާނުލެވުނީ ތިމަރަފުށި ސިނާހު އެވެ. އެ ޕެނަލްޓީ ދެއްވަދޫ ޓީމުގެ ކީޕަރު ޝަޒްލީލު ވަނީ މަތަކޮށްފަ އެވެ.

ރާއްޖޭގެ ގިނަ ބަޔަކު ލޯ ހުއްޓުނު މި މެޗުގައި ރާއްޖޭގައި ވިދާލެވޭ ފަދަ ގިނަ ކުޅުންތެރިން ކުޅުނެވެ. އޭގެ ތެރޭގައި ތިމަރަފުށްޓަށް ކުޅޭ އަހްމަދު އަފްލާޒާއި އިބްރާހިމް އަސްވަދު (ގަބޭ) ގެ އިތުރުން މިފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޖަންކީ ހިމެނެ އެވެ.

ދެއްވަދޫ ޓީމަށް ބަލާއިރު ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. އެއީ ގައުމީ ކެޕްޓަން އިންމި އާއި ހުޒައިފަތު ރަޝީދު (ހުޒޭ) އާއި އަލީ ހައިޝަމް (ޗުމްޕު)ގެ އިތުރުން އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. އަދި މީގެ އިތުރުން ފުޓްސަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުނަފް ރަޝީދު (އަހުއްކޮ) ވެސް ދެއްވަދޫ ޓީމުގައި ހިމެނެ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ދެއްވަދޫ ވާދަކުރާނީ ވިލިމާލެއާ ދެކޮޅަށެވެ. ސެމީ ފައިނަލުން ވިލިމާލެ ޖާގަ ހޯދާފައިވަނީ ކުޑަހުވަދޫ 1-5 އިން ބަލިކޮށްގެންނެވެ.

ކުއާޓާ ފައިނަލުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ދުވާފަރާއި އޭދަފުށި ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން 4-6 ގެ ނަތީޖާއިން ކާމިޔާބުކުރީ އޭދަފުށްޓެވެ.

ދެވަނަ މެޗުގައި މަތިވެރި މައްޗަށް 1-4 ގެ ނަތީޖާއިން ކާމިޔާބުކޮށް ސެމީގެ ދެވަނަ ޖާގަ ހޯދީ ނައިވާދޫ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭދަފުށްޓާއި ނައިވާދޫ އެވެ.

ގޯލްޑެން ފުޓްސަލް 2026ގއ. ދެއްވަދޫތ. ތިމަރަފުށި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީ ކެންޑިޑޭޓް ބަލިކޮށް ދެވަނަ ދައުރަކަށް ޝާފިއު، ދެއްވަދޫ ކައުންސިލްގެ 3 ގޮޑި ވެސް ޕީއެންސީއަށް

އެމްޑީޕީ ކެންޑިޑޭޓް ބަލިކޮށް ދެވަނަ ދައުރަކަށް ޝާފިއު

147 ދުވަސް ކުރިން - 17:10

ދެއްވަދޫން ވިލިމާލެއާ ހަތަރެ ކެބެޔެޓެ ފަޑެއިލެއި ފައިނަލެޓެ އެބެގެއާ

ދެއްވަދޫން ވިލިމާލެއާ ހަތަރެ ކެބެޔެޓެ ފަޑެއިލެއި ފައިނަލެޓެ

200 ދުވަސް ކުރިން - 01:07

ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާގައި ވާދަކުރަނީ

ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާގައި ވާދަކުރަނީ

206 ދުވަސް ކުރިން - 01:21

ހިތަދޫ ބަލިކޮށް ދެއްވަދޫ ދެކުނުގެ ރަސްކަމަށް!

ހިތަދޫ ބަލިކޮށް ދެއްވަދޫ ދެކުނުގެ ރަސްކަމަށް!

209 ދުވަސް ކުރިން - 00:12

ވާދޫ ބަލިކޮށް ދެއްވަދޫ ހުވަދު އަތޮޅުގެ ރަސްކަމަށް!

ވާދޫ ބަލިކޮށް ދެއްވަދޫ ހުވަދު އަތޮޅުގެ ރަސްކަމަށް!

211 ދުވަސް ކުރިން - 00:46

ފުޓްސަލްގައި ކުޑަކުޑަ ރާއްޖެ ސަރަހައްދީ ރަސްކަމަށް! މިއީ ދެއްވަދޫއަށް ލިބުނު ބޮޑު ފަހުރެއް

ކުޑަކުޑަ ރާއްޖެ ސަރަހައްދީ ރަސްކަމަށް! މަރުހަބާ ދިވެހީން

219 ދުވަސް ކުރިން - 16:25