އެއްބަސް ވިޔަސް ނުވިޔަސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވެއްޖެ

ހުސައިން އިސްމާއިލް | 259 ދުވަސް ކުރިން - 2 ފެބްރުއަރީ 2025 07:19
ޚުލާސާ

މި ބަދަލަކީ ހާލަތު ބަދަލުވުމުގެ ފެހި ސިގްނަލެއް. މިގޮތުގައި ދެމެހެއްޓިއްޖެނަމަ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ދާން ފަށައިފިއެވެ. ކުރިން ހަފްތާތަކުގައި ހުރި މިންވަރަށް ވުރެ މިހާރު އަގު އުޅެނީ 50 ލާރި ދަށުގައެވެ.

އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. "އެއްބަސް ވިޔަސް ނުވިޔަސް ކަމެއް ބަދަލުވެއްޖެ. މިއީ ވިޔަފާރިތަކަށް، ޚާއްޞަކޮށް އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ފަހި ދުވަހެއް,"

ފިރާޤް ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ކުރިން ހަފްތާތަކުގައި 19.20 ރުފިޔާއަށް ހުރިއިރު މިހާރު އެ އަގު ވަނީ 50 ލާރި ދަށްވެފައިކަމަށެވެ. 

މި ބަދަލަކީ ހާލަތު ބަދަލުވުމުގެ ފެހި ސިގްނަލެއްގެ ގޮތުގައި ފިރާޤް ސިފަކުރެއްވިއެވެ. މިގޮތުގައި ދެމެހެއްޓިއްޖެނަމަ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރުފައިސާ އާއި ބެހޭ ޤާނޫނަށް ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ޤާނޫނު ރަނގަޅަށް ތަންފީޛު ކުރައްވާނެ ކަމަށާއި އެއްވެސް ފަރާތެއް އެ ޤާނޫނުން އިސްތިސްނާ ނުވާނެ ކަމަށް ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%