Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިނަދޫ ސިޓީގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ އިޢުލާން ބާޠިލުކޮށްފި

ތިނަދޫ ސިޓީގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ އިޢުލާން ބާޠިލުކޮށްފި

އާނާ ފަހީމް
582 ދުވަސް ކުރިން - 2 ފެބްރުއަރީ 2025 04:42
ތިނަދޫ ސިޓީ
ތިނަދޫ ސިޓީ
ޚުލާސާ

ހައުސިންގ މިނިސްޓްރީން ތިނަދޫ ސިޓީގައި ޢިމާރާތް ކުރަމުންދާ 200 ހައުސިންގ ޔުނިޓަށް މިނިސްޓްރީގެ ހުއްދަނެތި ޔުނިޓްތަކަށް ކުރިމަތިލާން ތިނަދޫ ކައުންސިލުން އިއުލާން ކޮށްފައި ވާތީ، އެ އިއުލާން ބާތިލްކުރަން އަންގައިފި.

ތިނަދޫ ސިޓީގައި އިމާރާތް ކޮށްފައިވާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް އެ ކައުންސިލުން ކުރި އިޢުލާން ބާޠިލުކުރުމަށް، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން އަންގައިފިއެވެ.

އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލް ސޮއިކުރައްވައި ތިނަދޫ މޭޔަރު ސައުދު އަލީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަކީ އެ މިނިސްޓްރީގެ ދަށުން ކުރިޔަށްދާ މަސައްކަތެކެވެ. އަދި އެ ޔުނިޓްތައް ދޫކުރުމަށް އިޢުލާންކުރުމުގެ ކުރިން ހައުސިން ޔުނިޓްތައް ދެވޭނެ އުސޫލު ފައިނަލްކުރުމާއި އެޕްލިކޭޝަންގެ މަރުޙަލާ ކުރިޔަށް ގެންދަންވާނީ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން މި ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމަށް އެދި އިޢުލާން ކޮށްފައި ވަނީ 29 ޖެނުއަރީ 2025 ގައެވެ. ނަމަވެސް މިނިސްޓްރީގެ ހުއްދަ ނެތި މި އިޢުލާން ކޮށްފައި ވާތީ، ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ހޯދުމަށް އިޢުލާން ކުރުމަށް ބޭނުންވާ އުސޫލު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ފޮނުވުމަށް ވަނީ ކައުންސިލަށް އަންގާފައެވެ.

Advertisement

Advertisement 1

މި ހައުސިން ޔުނިޓްތަކަކީ 540 މިލިއަން ރުފިޔާގެ މަޝްރޫޢުއެއްގެ ދަށުން އިމާރާތް ކުރަމުންދާ ޔުނިޓް ތަކެކެވެ. މި މަސައްކަތް 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަވާލުކޮށްފައި ވަނީ ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރ އާއެވެ.

ކޮންމެ ހައުސިން ޔުނިޓަކީ 700 އަކަފޫޓުގެ ޖާގައިގައި ދެ ފަންގިފިލާގެ ރޯހައުސް ތަކެކެވެ. މި ޔުނިޓް ތަކުގައި ތިން ކޮޓަރި، ތިން ފާޚާނާ، ސިޓިންރޫމް، ކާގެ، ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ހިމެނެއެވެ. އަދި މި ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ

ހައުސިންގ މިނިސްޓްރީތިނަދޫ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިނަދޫ ކުޅިއަށް ކެމިކަލް ފެން އެޅި ކުންފުނި ޖޫރިމަނާކޮށްދޭން އެދި އެންވަޔަރްމަންޓް މިނިސްޓްރީއަށް ހުށަހަޅައިފި

ތިނަދޫ ކުޅިއަށް ކެމިކަލް ފެން އެޅި ކުންފުނި ޖޫރިމަނާކޮށްދޭން ވުޒާރާއަށް ހުށަހަޅައިފި

5 ދުވަސް ކުރިން - 12:57

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

95 ދުވަސް ކުރިން - 17:27

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތްދޭން ފަށައިފި

104 ދުވަސް ކުރިން - 12:08

ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ މިއަހަރު ފަށަނީ

ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ ފަށަނީ

135 ދުވަސް ކުރިން - 10:49

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ތިނަދޫ ސިޓީ މޭޔަރު

"ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން"

151 ދުވަސް ކުރިން - 21:19

ތިނަދޫގައި މޯލްޑިވް ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފި

ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ މަސައްކަތް ފަށައިފި

163 ދުވަސް ކުރިން - 19:30