ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ މަންމާފުޅު ޒަމީރާ އަޙްމަދު މިއަދު އަވަހާރަވެއްޖެއެވެ.
މަޢުލޫމާތުގައިވާ ގޮތުން، ޒަމީރާ އަހްމަދު އަވަހާރަވެފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުންދަނިކޮށެވެ.
އަވަހާރަވި ޒަމީރާ އަހުމަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުދައިތާފުޅު ވެސް މެއެވެ.








