Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފަހު ރަށަކަށް އުލިގަމަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފަހު ރަށަކަށް އުލިގަމަށް ވަޑައިގެންފި

ހުސައިން އިސްމާއިލް
579 ދުވަސް ކުރިން - 30 ޖެނުއަރީ 2025 13:32
ރައީސުލްޖުމްހޫރިއްޔާ އުލިގަމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ސަލާމް ކުރައްވަނީ.
ރައީސުލްޖުމްހޫރިއްޔާ އުލިގަމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ސަލާމް ކުރައްވަނީ.
ޚުލާސާ

އުލިގަމުގައި ރައީސް ކުރައްވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެ ރަށުގެ އައު ކައުންސިލް އިމާރާތުގެ ބިންގާ އެޅުމާއި، ރަށުގައި ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި އޭޓީއެމް ހެދުމުގެ މަސައްކަތް ކައުންސިލާއި ހަވާލުކުރުން ހިމެނޭ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލަކަށް މިއަދު ހއ. އުލިގަމަށް ވަޑައިގެންފިއެވެ. އުލިގަމަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށުން ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އުލިގަމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންނާއި ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އުލިގަމުގައި ރައީސް ކުރައްވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެ ރަށުގެ އައު ކައުންސިލް އިމާރާތުގެ ބިންގާ އެޅުމާއި، ރަށުގައި ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި އޭޓީއެމް ހެދުމުގެ މަސައްކަތް ކައުންސިލާއި ހަވާލުކުރުން ހިމެނެއެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހއ. އަތޮޅުގެ 10 ރަށަކަށް ވަނީ ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅުގެ ތަފާތު ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއާއި ގުޅޭ މުހިންމު މަޝްރޫޢުތަކެއް ފައްޓަވާފައެވެ.

އުލިގަމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު މިއަދު ވަޑައިގެންނެވީ މޮޅަދޫ އަށެވެ. މޮޅަދޫގެ ތަރައްޤީގެ މަސައްކަތްތަކަކީ، ހަމަ އެންމެ ބޮޑު ރަށުގެ ތަރައްޤީއެކޭ އެއްގޮތަށް މުހިންމު ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތެއް ވެސް ހަމަހަމަވާނެކަން ތަކުރާރު ކުރައްވައި، އާބާދީގެ ގޮތުން ކުޑަ ރަށެއް ކަމުގައި ވިޔަސް އަދި އެންމެ ބޮޑެތި އާބާދީތައް ކަމުގައި ވިޔަސް، ދިވެހި ރައްޔިތުން ވާނީ ހަމަ ދިވެހި ރައްޔިތުންނަށް ކަމުގައި ވިދާޅުވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހުރިހާ ޙައްޤުތަކެއް ހުރިހާ ރައްޔިތުންނަށް ވެސް ލިބިދޭންޖެހޭނެ ކަމުގައި ވިދާޅުވެ، އެކަން އެމަނިކުފާނުގެ ފަރާތްޕުޅުން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުންމީދުތައް އަޑުއެއްސެވުމަށާއި، އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތައް ފެއްޓެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހއ. އުލިގަމު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

3 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

4 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

7 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:26