Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޮޅަދޫގެ އާބާދީ ކުޑަނަމަވެސް އާބާދީ ބޮޑެތި ރަށްރަށާއި އެއްވަރަށް ތަރައްޤީކޮށްދޭނަން: ރައީސް

މޮޅަދޫގެ އާބާދީ ކުޑަނަމަވެސް އާބާދީ ބޮޑެތި ރަށްރަށާއި އެއްވަރަށް ތަރައްޤީކޮށްދޭނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
542 ދުވަސް ކުރިން - 30 ޖެނުއަރީ 2025 12:52
ރައީސް މޮޅަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް މޮޅަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވަނީ މޮޅަދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތައް މިއަހަރު ކުރިއަށްގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައި.

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގެ އާބާދީ ކުޑަނަމަވެސް، އެންމެ ބޮޑެތި އާބާދީތަކާއި އެއްވަރަށް ތަރައްްޤީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޮޅަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. މޮޅަދޫއަކީ 412 މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ.

ރައީސް ވިދާޅުވީ މޮޅަދޫގެ އާބާދީ ކުޑަނަމަވެސް، އެހެން ކުދި ރަށްތަކޭ ވެސް އެއްފަދައިން އެންމެ ބޮޑު އާބާދީތަކުގެ ރައްޔިތުންނާއި މޮޅަދޫ މީހުން ވެސް ހަމަހަމަ ކަމަށެވެ. އަދި އެ ރައްޔިތުންނަށް ވެސް ހުރިހާ ހައްގުތަކާއި ޚިދުމަތްތައް މުހިންމުކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ މޮޅަދޫގެ ރައްޔިތުން އުންމީދުކުރާ ގޮތަށް ވަރަށް އިސްކަންދީގެން ބާރު ސްޕީޑުގައި ކަންކަން ކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ހާމަކުރައްވާފައެވެ.

ރައީސް ވަނީ މޮޅަދޫގައި ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރިކަން ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ މަޝްރޫޢު ހިމެނެއެވެ. މި މަޝްރޫޢު 2021 ވަނަ އަހަރު ފެށުނު ނަމަވެސް މިހާރު އޮތީ މަޑުޖެހިފައެވެ. ރައީސް ވަނީ މި މަޝްރޫޢު އަވަސްކޮށް ނިންމައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ރައީސް ވަނީ މޮޅަދޫގައި ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސްކޫލްގެ އައު މަޝްރޫޢު ނިންމުމާއި، ސިއްޙީ ދާއިރާއަށް ވަސީލަތްތައް ހޯދައިދިނުން ހިމެނެއެވެ.

ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ވެސް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް، ފުޓްސަލް ދަނޑެއް އަދި ވޮލީ ކޯޓެއް ޤާއިމްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ މޮޅަދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތައް މިއަހަރު ކުރިއަށްގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މިއީ އާބާދީ ކުޑަ ރަށްތަކަށް ވެސް ހަމަހަމަ ތަރައްޤީ ގެނެސްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.           

ރައީސް ޑރ. މުހައްމަދު މުއިއްޒުހއ. މޮޅަދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ބޮޑުތަކުރުފާނު މަގުގެ ކާމިޔާބީ - އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫވި ހަގީގަތެއް

ބޮޑުތަކުރުފާނު މަގުގެ ކާމިޔާބީ - އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫވި ހަގީގަތެއް

2 ގަޑިއިރު ކުރިން - 06:23

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

18 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

18 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

19 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

19 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

20 ގަޑިއިރު ކުރިން - 12:27