Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިނަދޫން ބޯހިޔާވަހިކަން ހޯދަން ބޭނުންވާ މީހުންނަށް މިއަދު ފުރުޞަތު ހުޅުވާލައިފި

ތިނަދޫން ބޯހިޔާވަހިކަން ހޯދަން ބޭނުންވާ މީހުންނަށް މިއަދު ފުރުޞަތު ހުޅުވާލައިފި

ހުސައިން އިސްމާއިލް
585 ދުވަސް ކުރިން - 29 ޖެނުއަރީ 2025 17:50
ތިނަދޫން ބޯހިޔާވަހިކަން ހޯދަން ބޭނުންވާ މީހުންނަށް މިއަދު ފުރުޞަތު ހުޅުވާލައިފި
ޚުލާސާ

މި ފުރުޞަތު ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 13:00 އިން ފެށިގެން 30 އޭޕްރީލްގެ 14:00 އާއި ހަމައަށް.

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީގައި ދިރިއުޅޭ އަދި އެ ސިޓީއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން ޢިމާރާތް ކުރަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދު މެންދުރުފަހު 13:00 އިން ފެށިގެން 30 އޭޕްރީލްގެ 14:00 އާއި ހަމައަށެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:

1. ކެޓަގަރީ A: ތިނަދޫ ރައްޔިތުންނަށް ޚާއްޞަ ކެޓަގަރީ

Advertisement

Advertisement 1

2. ކެޓަގަރީ B: ތިނަދޫ ދަފްތަރު އަދި ތިނަދޫ ސިޓީއަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކުގެ ކެޓަގަރީ

3. ކެޓަގަރީ C: ތިނަދޫގެ އާބާދީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ތިނަދޫ ސިޓީއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީ

އިޢުލާނުގައިވާ ގޮތުން، ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ ހައުސިންގ ޕޯޓަލް www.housing.thinadhoo.gov.mv މެދުވެރިކޮށެވެ. ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، ތިނަދޫ ސިޓީ ކައުންސިލްގެ ހައުސިންގ ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފޯމާއި ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމާއި، އެ ޝަކުވާތަކަށް ދެވޭ ޖަވާބުތަކާއި، އަދި ކަމާއި ގުޅޭ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްތަކުގެ ތަފްޞީލް ފެންނަން ހުންނާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ތިނަދޫ ސިޓީބޯހިޔާވަހިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މި ސަރުކާރުން އަލަށް ފެށި މަޝްރޫޢުތަކާއެކު 54 ރަށެއްގައި 8،588 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދަނީ

ރާއްޖޭގެ 54 ރަށެއްގައި 8،588 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދަނީ

1 ދުވަސް ކުރިން - 10:46

ފްލެޓާއި ގޯތި ފޯމުގެ މައުލޫމާތު އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

4 ދުވަސް ކުރިން - 12:50

ތިނަދޫ ކުޅިއަށް ކެމިކަލް ފެން އެޅި ކުންފުނި ޖޫރިމަނާކޮށްދޭން އެދި އެންވަޔަރްމަންޓް މިނިސްޓްރީއަށް ހުށަހަޅައިފި

ތިނަދޫ ކުޅިއަށް ކެމިކަލް ފެން އެޅި ކުންފުނި ޖޫރިމަނާކޮށްދޭން ވުޒާރާއަށް ހުށަހަޅައިފި

5 ދުވަސް ކުރިން - 12:57

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

13 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

13 ދުވަސް ކުރިން - 23:03

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ!

15 ދުވަސް ކުރިން - 12:03