Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިޤްތިޞާދު ރަނގަޅު، ބަޖެޓުން ބޭރުން ވެސް ތަރައްޤީ ފެންނާނެ - މިނިސްޓަރު ސަޢީދު

އިޤްތިޞާދު ރަނގަޅު، ބަޖެޓުން ބޭރުން ވެސް ތަރައްޤީ ފެންނާނެ - މިނިސްޓަރު ސަޢީދު

ހުސައިން އިސްމާއިލް
588 ދުވަސް ކުރިން - 29 ޖެނުއަރީ 2025 10:36
ވަޒީރު ސަޢީދު ވިދާޅުވީ، އިކޮނޮމިކް ގޭޓްވޭގެ މަސައްކަތުގެ ދަށުން މިއަހަރު ތެރޭގައި ހއ. އާއި ހދ. ގައި އިތުރު މަސައްކަތް ކުރިއަށްގެންދާނެ ކަމަށް. / ފޮޓޯ: ޚުލާޞާ
ވަޒީރު ސަޢީދު ވިދާޅުވީ، އިކޮނޮމިކް ގޭޓްވޭގެ މަސައްކަތުގެ ދަށުން މިއަހަރު ތެރޭގައި ހއ. އާއި ހދ. ގައި އިތުރު މަސައްކަތް ކުރިއަށްގެންދާނެ ކަމަށް. / ފޮޓޯ: ޚުލާޞާ
ޚުލާސާ

އިޤްތިޞާދާއިމެދު އިތުބާރު ލިބިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިއަހަރު ބަޖެޓުގައި ޖަހާފައިވާ މަޝްރޫޢުތަކާއި އެކި އިންވެސްޓްމަންޓުތަކުގެ އިތުރުން، ބަޖެޓުން ބޭރުންވެސް އެކި ސިނާޢަތްތަކުގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށް.

މި ސަރުކާރާއި ވެރިކަން ޙަވާލުވުމަށްފަހު ރާއްޖޭގެ އިޤްތިޞާދު މިހާރު ވަނީ ކުރިން އޮތް ހާލަތުން އަރައިގަނެފައި ކަމަށާއި، މިއަހަރަކީ އިޤްތިޞާދީގޮތުން ހަރަކާތްތެރި އަހަރަކަށްވެ، ތަރައްޤީގެ ކަންކަން މިހާރު ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިންނާއި އަދި ބަޖެޓުގެ ބޭރުން ވެސް ހިނގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ކުރިއާއި ޚިލާފަށް، ރާއްޖޭން ބޭރުގެ ވިޔަފާރިތަކަށް ވެސް ރާއްޖޭގެ އިޤްތިޞާދާއިމެދު އިތުބާރު އުފެދިފައިވާ ކަމަށެވެ. މިގޮތުން، އެއާ އެމްބިއުލާންސްގެ މަސައްކަތް ފެށި، ވައިޑް ބޮޑީ އޮޕަރޭޝަން ފެށިގެން ޗައިނާއިން މިހާރު ސީދާ ފަތުރުވެރިން އައުމާއި، ވަޒީފާގެ ބާޒާރަށް ތަނަވަސްކަން އައިސްފައިވާކަން ވަޒީރު ފާހަގކުރެއްވިއެވެ.

މީގެ އިތުރުން، މިއަހަރު ތެރޭގައި ހއ. އަދި ހދ ގައި ފަތުރުވެރިކަމުގައި އިތުރު އެނދުތައް ތަރައްޤީ ކުރެއްވުމަށް ރައީސް ބޭނުންފުޅުވާ އަމާޒަށް ދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ އަތޮޅުގައި ގާއިމުކުރާ އިކޮނޮމިކް ގޭޓްވޭގެ މަސައްކަތުގެ ދަށުން މިއަހަރު ތެރޭގައި ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ވަޒީރު ސަޢީދު ވިދާޅުވީ، މިއަހަރު ބަޖެޓުގައި ޖަހާފައިވާ މަޝްރޫޢުތަކާއި އެކި އިންވެސްޓްމަންޓުތަކުގެ އިތުރުން، ބަޖެޓުން ބޭރުންވެސް އެކި ސިނާޢަތްތަކުގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އިއްޔެއިން ފެށިގެން ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ވެސް ޙަވާލުވެވަޑައިގެންފައެވެ.

މިނިސްޓަރު މުހައްމަދު ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

4 ގަޑިއިރު ކުރިން - 15:57

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

4 ގަޑިއިރު ކުރިން - 15:47

އައު ގާނޫނުގެ ދަށުން 20 އަހަރުވީ އުޅަނދުތައް ނަގާނީ އެކަށީގެންވާ ބަދަލެއް ދިނުމަށްފަހު: މިނިސްޓަރު ސައީދު

މުސްކުޅި ވެހިކަލްތައް ނައްތާލާނީ ބަދަލު ދީފަ: މިނިސްޓަރު ސައީދު

4 ގަޑިއިރު ކުރިން - 15:38

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމައިފި

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހަދަނީ

8 ގަޑިއިރު ކުރިން - 11:45

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

27 ދުވަސް ކުރިން - 10:15

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: މިނިސްޓަރ ސައީދު

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: ސައީދު

36 ދުވަސް ކުރިން - 13:54