Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނާގޯށީގެ ރިސޯޓު އަވަސް މުއްދަތެއްގައި ހުޅުވޭނެކަމަށް ރައީސް ވިދާޅުވެއްޖެ

ނާގޯށީގެ ރިސޯޓު އަވަސް މުއްދަތެއްގައި ހުޅުވޭނެކަމަށް ރައީސް ވިދާޅުވެއްޖެ

އާނާ ފަހީމް
499 ދުވަސް ކުރިން - 28 ޖެނުއަރީ 2025 18:25
ރައީސް ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ނާގޯށީގެ މަސައްކަތް ނިންމުމަށް އެމްޓީޑީސީއަށް ލޯނު ފެސިލިޓީއެއް ދޫކުރުމުގެ މަޝްވަރާތައް މިހާރު ބޭންކް އޮފް މޯލްޑިވްސް އާއެކު ކުރިއަށްދާ ކަމަށް.

ހއ. ނާގޯށީގައި ތަރައްޤީކުރަމުންދާ ރިސޯޓު އަވަހަށް ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފިއްލަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ނާގޯށި ހަވާލުކޮށްފައިވާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، އެ ރިސޯޓު ތަރައްޤީވުމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ފައިދާކުރާނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެމްޓީޑީސީއަށް އެމަގު އަޅުގަނޑުމެން ފަހިކޮށްދޭނަން. ފަހިކޮށްދީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ސަރުކާރުން އެހީތެރިކަން ދީގެން ހުޅުވުން އެއީ މިހާރު އަޅުގަނޑުމެންގެ އަމާޒަކީ." ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމަށް އެމްޓީޑީސީއާ މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެ ރަށް ހަވާލުކޮށްފައިވެއެވެ. އެންމެ ފަހުން 2020 ވަނަ އަހަރު އެ ރަށް އެމްޓީޑީސީއާ ހަވާލުކުރި ނަމަވެސް، މިހާތަނަށް ރިސޯޓު ތަރައްޤީކުރެވިފައެއް ނުވެއެވެ.

ރައީސް ވިދާޅުވީ ނާގޯށީގެ މަސައްކަތް ނިންމުމަށް އެމްޓީޑީސީއަށް ލޯނު ފެސިލިޓީއެއް ދޫކުރުމުގެ މަޝްވަރާތައް މިހާރު ބޭންކް އޮފް މޯލްޑިވްސް އާއެކު ކުރިއަށްދާ ކަމަށެވެ. އަދި ހއ. އަތޮޅުގައި އިތުރު ރަށްތައް ޓުއަރިޒަމަށް ތަރައްޤީކުރުމަށް ފުރުޞަތު ދިނުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހއ. ފިއްލަދޫރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

6 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

3 ދުވަސް ކުރިން - 17:31