Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓޫރިޒަމް ބިންތަކަށް %3 އަށްވުރެ ކުޑަ އިންޓްރެސްޓުގައި ލޯނު ދޫކުރަނީ

ޓޫރިޒަމް ބިންތަކަށް %3 އަށްވުރެ ކުޑަ އިންޓްރެސްޓުގައި ލޯނު ދޫކުރަނީ

އާނާ ފަހީމް
589 ދުވަސް ކުރިން - 28 ޖެނުއަރީ 2025 18:05
ރައީސް ހއ. ފިއްލަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް ހއ. ފިއްލަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ފަތުރުވެރިކަމަށް ކައުންސިލްތަކުން ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމަށް %3 އަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމަށް ނިންމައި ލޯނު ސްކީމްގެ މަސައްކަތް މާލީ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވި.

ފަތުރުވެރިކަމަށް ކައުންސިލްތަކުން ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމަށް، %3 އަށް ވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ހއ. ފިއްލަދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހއ. އަދި ހދ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމެވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފިއްލަދޫއަކީ ޖާގައިގެ ގޮތުން ބިން އޮތް، އަދި ރަށް އޮތް ސަރަޙައްދުގެ ގޮތުން ތަރައްޤީގެ ފުރުޞަތު ބޮޑު ރަށެއް ކަމަށެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ، ހއ. އަދި ހދ. އަތޮޅަށް އިޤްތިޞާދީ ގޮތުން ޓޫރިޒަމާއި މަސްވެރިކަން ފުޅާކުރުމުގައި ފިއްލަދޫ މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އެހެންކަމުން ޓޫރިޒަމަށް ކައުންސިލްތަކުން ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމަށް %3 އަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަމުގެ މަސައްކަތް މާލީ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިޤްތިޞާދީ ތަރައްޤީއަށް ވިސްނާއިރު ޓޫރިޒަމް ފުޅާކުރުން މުހިންމު. ހަނިމާދޫ އެއަރޕޯޓް އަދި މި ސަރަޙައްދުގެ އިކޮނޮމިކް ވައިބިކް ވައިބިލިޓީއަށް ބަލައި އިޤްތިޞާދީ ފުރުޞަތު ފުޅާކުރަން ބޭނުން. އެހެންކަމުން މި ހުރި ބިންތައް ހެދޭނެ ގޮތް ފަހިކުރަން ސަރުކާރުން ބޭނުން. ބޭންކިންގ ތެރެއިން މިހާރު އޮތްގޮތުން ލަސްވާނެ އެތަންތަން ތަރައްޤީވާން. އެހެންވެ ސަރުކާރުން އިސްނަގައިގެން ބީއެމްއެލްއާއެކު ނިންމާފައިވަނީ މިރަށުގައި މިހުރި، ކައުންސިލުން ނަގާފައިވާ ބިންތަކަށް ފަހިވާނެ، އާންމުކޮށް ކޮމާޝަލް ބޭނުންތަކަށް ދޫކުރާ ލޯންތައް %3 އިންޓްރެސްޓް ދަށްކޮށް ލޯން ދޫކުރުމަށް. އޭރުން ބިންތައް ހެދި ޓޫރިޒަމް ތަރައްޤީގެ ފެނާއި ނަރުދަމާ އެ ސަރަޙައްދަށް ގުޅޭނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ހއ. ކެލާގެ ފަޅުގައި 2 ރިސޯޓް ތަރައްޤީކުރައްވާނެ ކަމަށާއި ވަށަފަރުގައިވެސް ޓޫރިޒަމް ތަރައްޤީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރަޙައްދީ ތަރައްޤީގައި އުތުރުގެ 4 އަތޮޅަކީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއް ކަމަށާއި، ޓޫރިޒަމްގެ އިތުރުން މަސްވެރިކަން ސިންދަފާތުކުރުމަށްވެސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ފިއްލަދޫގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރާއިރު ދަތުރުފަތުރާއި މަގުތައް ޒަމާނީ ވާންޖެހޭ ކަމަށާއި، އެގޮތުން ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ފިއްލަދޫގެ ތަރައްޤީގައި އެންމެ އިސްކަންދެއްވައިގެން ހިންގަވާނެ މަޝްރޫޢަކީ މަގު ހެދުން ކަމަށާއި، އާރުޑީސީ މޮބިލައިޒް ވެފައިވާތީ ބަނދަރުން ފެށިގެން ރަށުގެ އެތެރެއާ ހަމައަށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެ ކަމަށެވެ.

މިކަންކަން ވަރަށް ބާރަށް އަމަލީގޮތުން ކުރިއަށް ގެންގޮސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއްވެސް ފުއްދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ސިއްޙީ އަދި ތަޢުލީމީ ދާއިރާއިން ކުރަން ހުރި ކަންކަންވެސް ގިނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ދާއިރާތައް ތަރުތީބުކޮށްގެން މިއަހަރާއި އަންނަ އަހަރު ފުރިހަމަކުރައްވާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމް ޤާއިމްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހއ. ފިއްލަދޫރައީސް ޑރ. މުހައްމަދު މުއިއްޒުފަތުރުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05